އަޟްހާ އީދާއި ދިމާކޮށް ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އަތަރު ބްރޭންޑް އޫދް އަލް ސަބާޔާއިން ފެށި އީދު ޕްރޮމޯޝަން ދިގު ދަންމާލައިފިއެެވެ.

ޖުލައި 25 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދަން ނިންމި މި ޕްރޮމޯޝަން ދިގު ދަންމާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ އަތަރު އަދި ޕާފިއުމް ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެން ދާނެއެވެ. އެގޮތުން އޫދް އަލް ސަބާޔާގެ ހުރިހާ އަތަރު ޕްރޮޑަކްޓަކުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެެއެވެ. އަދި އެ ފިހާރައިން ވިއްކާ ޕާފިއުމް އިން 10 ޕަސެންޓް ލިބިގެންދާނެއެވެ.

އޫދް އަލް ސަބާޔާގެ މެނޭޖަރ އަހުމަދު ފަޒަލް ވިދާޅުވީ، މި ޕްރޮމޯޝަން ދިގު ދަންމާލަން ނިންމީ ރަށްރަށު މީހުން އީދު ނިންމާފައި މާލެ އަންނާތީ އާއި މި ޕްރޮމޯޝަންއަށް ގިނަ ބައެއްގެ ސަޕޯޓް ލިބެމުން އަންނާތީ ކަމަށެވެ.

މިއީ އޫދް އަލް ސަބާޔާއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮމޯޝަންއެެވެ.

މީގެ އިތުރުން އޫދް އަލް ސަބާޔާއިން ވަނީ މަސްކްގެ ފޭނުންނަށް ހާއްސަކޮށްގެން މަސްކީ ރޯސްގެ ނަމުގައި އޫދް އަލް ސަބާޔާ ބްރޭންޑްގެ ޕާފިއުމްއެއް ނެރެފައެވެ.

މިއީ ގިނަ އިރު ވަސް ހިފަހައްޓާނެ ކަމުގެ 100 ޕަސެންޓް ގެރެންޓީ ޕާފިއުމްއެއް ކަމަށް އޫދް އަލް ސަބާޔާއިން މައުލޫމާތު ދެއެވެ.

ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އޫދް އަލް ސަބާޔާ ބްރޭންޑްގެ އަތަރާއި، ޕާފިއުމް އަދި ލޯޝަންގެ އިތުރުން އެއާފްރެޝްނާ ދަނީ ވިއްކަމުންނެވެ.

އޫދް އަލް ސަބާޔާގެ މައި ފިހާރަ މާފަންނު މިރިޔަސް މަގުގައި ހުންނައިރު، މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ.

އޫދް އަލް ސަބާޔާގެ އުފެއްދުންތައް ރީޓެއިލްކޮށް އޫދް އަލް ސަބާޔާގެ އެޖެންޓް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.