ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އަދަދު ވަރަށް ބޮޑުތަނުން މަދުވެއްޖެއެވެ.
ރިސޯޓުތަކުގެ ސާވިސް ޗާޖުގެ މަޢުލޫމާތު ކޮންމެ މަހަކު އާއްމުކުރަމުންދާ ވެބްސައިޓެއް ކަމަށްވާ، 'މޯލްޑިވްސް ސާވިސް ޗާޖް އަޕްޑޭޓްސް' އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ސާވިސް ޗާޖްގެ ގޮތުގައި ރިސޯޓްތަކުން މުވައްޒަފުންނަށް ދީފައިވާ އަދަދު ވަރަށް ބޮޑަށް ވަމީ މަދުވެފައެވެ،
މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 600 ޑޮލަރަށްވުރެ މަތިން ބަހާފައިވަނީ އެންމެ 6 ރިސޯޓަކުންނެވެ. މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖު ލިބިފައިވަނީ 621 ޑޮލަރާއި އެއްކޮށް ސެއިންޓް ރެޖިސް ވޮއްމުލީގެ މުވައްޒަފުންނަށެވެ. ވެލިގަނޑުގެ މުވައްޒަފުންނަށް 620 ޑޮލަރު ލިބިފައިވެއެވެ. 600 ޑޮލަރަށްވުރެ މަތިން ދެން މުވައްޒަފުންނަށް ސާވިސް ޗާޖު ދީފައިވަނީ އަނަންތާރާ ކިހާވައް، ޗެވަލް ބްލެންކް ރަންދެލި، ހުރަވަޅި އަދި ކުޑަދޫ ރިސޯޓުންނެވެ.
މިދިޔަ މަހު އެންމެ މަދުން ސާވިސް ޗާޖު ދީފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ އެންމެ 40 ޑޮލަރާއެކު "ތްރީ އޭ" ކުންފުނިން ހިންގަމުން އަންނަ ހޮނޑާފުށި ރިސޯޓުންނެވެ. އެ ރިސޯޓުގައި މިއަހަރުގެ ތެރޭގައިވެސް ސާވިސް ޗާޖުގެ ގޮތުގައި 8 ޑޮލަރާއި، 20 ޑޮލަރުވެސް ބަހާފައިވެއެވެ. އެންމެ 20 ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާ އެ ރިސޯޓުގެ ރޫމް ރޭޓު އުޅެނީ 300 ޑޮލަރުގައެވެ. އެ ރިސޯޓުން މިހާ ދަށް އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދެމުން ގެންދާ ސަބަބެއް ރިސޯޓް ހިންގާ ކުންފުނިން ސާފުކޮށްދީފައެއް ނުވެއެވެ.
ރާއްޖޭގައި އާއްމުކޮށް ފެބްރުއަރީ ފަހުކޮޅުން ފަށައިގެން ސެޕްޓެމްބަރުގެ ނިޔަލަށް އެއީ އޮފް ސީޒަނެވެ. އެ މަސްތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ރިސޯޓުތައް އާއްމުގޮތެއްގައި ފުލްވަނީ މަދު ފަހަރެއްގައެވެ. މިދިޔަ މަހުގައި އެންމެ ބޮޑެތި ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ވަރަށް ދަށް އަދަދެއް ލިބިފައި ވަނީ އޮފް ސީޒަން ކަމަށް ވުމުން ކަމަށް ބެލެވެއެވެ.
މިއީ ސާވިސް ޗާޖު މިއަހަރުގެ ތެރޭގައި ހުރިހާ ރިސޯޓެއްގައިވެސް ނިސްބަތުން އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ. ނަމަވެސް، މި ހިނގާ އޮކްޓޯބަރު މަހުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖު އިތުރުވާނެ ކަމަށް ޔަޤީންކުރެވެއެވެ.
ރައްޖޭގެ އިޤްތިސާދު ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަށް ދަށަށް ގޮސްފި، މަސްވރިކަމާއި ދަނޑުވެރިކަމަށް ބެއްޔަސް އަދި ވިޔަފާރި ވެރިންގެ ވިޔަފާރި އަށް ބެއްޔަސް ވަރަށް ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކުރެވޭ
ސާވިސްޗާޖަށްވެސް ހަމަ އުޖޫރަ ލިބެންފަށައިފި ، މަހަށްވެސް ހަމަ އަގު ލިބެންފެށީ މިސަރުކާރުންނެވެ. އަދި ސަރުކާރު މުވައްޒަފުންނަށްވެސް ހަމަ މުސާރަ ލިބޭނެކަމަށް ލަފާކުރެވޭ މިދާވަރުން ދަންޏާ. ވޯޓްލީ މީހުން ނޯށުން ރޯންޖެހޭވަރު ވާނެހެން ހީވަނީ
އިޤްތިޞާދު މެދުއުޑުގައި ފިޔަޖަހާ މަންޒަރުތޯއްޗެއް މި ފެންނަނީ!!!!! ދިވެހިން އަދިވެސް ނިދިން ހޭލާކަށް ނުވޭތޯއެވެ؟ މި ވެރިކަން ފަސްއަހަރަށް ދެމިގެންގޮސްފިނަމަ މިރާއްޖެ 20 އަހަރަށް ފަހަތަށް ސޮހިގެންދަނޭކަން ވަރަށް ސާފެވެ. ރާއްޖޭގެ އަދި ބައިނަލްއަޤުވަމީ މަލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދާމެދު ފެންނަގޮތް ހާމަކޮށްފައި އެވަނީ ތޯތޯއަކަށް ނޫންކަން ދިވެހިން އެބަ ދަންނަން ޖެހެއެވެ.
އިގްތިސާދު ވެއްޓުނަސް ވެރިކަމުގެ ތިބިބަޔަކު ނުވެއްޓޭ، އިންޑިޔާއިން އޮތީ ވެރިން ގަނެފަ، އިންޑިޔާއަށް ލިބެންޖެހޭ ލާރި މަހުންމަހަށް ދައްކަން ޖެހޭނެ!
ދިވެހިން މަދުކޮށް ،ފިލިޕީންސް، އިންޑިޔާ މީހުން ގިނަވީމަަ ވާ ގޮތް. ފަތުރު ވެރިންގެ ގޮތުގައި މިހާރު އަންނަނީ 2.50ރ ހިފައިގެން އަންނަ އިންޑިޔާ ގެސްޓްން. ބޮއެ ހަލާކު
އެއީ ދޮގަކަށްވެސް ވެދާނެ. ބުނަމުންދިޔައީ މިހާރުގެ ސަރުކާރުން ސާރވިސްޗާޖު ހަައްގުވާމިންވަރު ހޯދަދޭނެކަމަށް މިވީކިހިނެތް. ޔަހޫދޫދޫ ސަރުކާރު، ލާދީނީ ސަރުކާރު.
ހަހާހާހާ! ހޮނޑާފުށީ ބީޗުގަ އިރުއަރާ މަންޒަރުބަލަން ހިނދުކޮޅުގަތިބީ ކޮންބައެއް؟