ރާއްޖޭގެ އެއްވަަނަ އަތަރު ބްރޭންޑް ކަމަށްވާ އޫދް އަލް ސަބާޔާ އިން ހުޅުމާލޭގައި ގްލާންޒް ބައީ އޯއޭއެސްގެ ނަމުގައި އެ ބްރޭންޑްގެ ފުރަތަަމަ ފިހާރަ ރޭ ހުޅުވައިފިއެވެ.

އެ ބްރޭންޑްގެ ފިހާރައެއް މާލޭގެ މިރިޔަސް މަގުގައި އާއި އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން ދެއެވެ.

ރޭ އޫދް އަލް ސަބާޔާއިން ހުޅުވި ފިހާރައިން، އެ ބްރޭންޑްގެ އަތަރާއި ސެންޓްގެ އެއާ ފްރެޝްނާ، ލޯޝަންގެ އިތުރުން، މަޝްހޫރު ބްރޭންޑްތަކުގެ ސެންޓާއި އަތަރު ލިބޭނެއެވެ. މި ފިހާރައަކީ، އެ ބްރޭންޑްގެ އެހެން ފިހާރަތަކާއި ހިލާފަށް ކޮސްމެޓިކްސްއަށް ހާއްސަ ފިހާރައެކެވެ.

އޫދް އަލް ސަބާޔާގެ އާ ފިހާރަ ރޭ ހުޅުވިގެންދިޔައިރު، ރޭ ފިހާރައަށް ހީކުރި ވަރަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް ވިޔަފާރި ކުރިއެވެ. އަދި ރޭ އެ ފިހާރަ ހުޅުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އޫދް އަލް ސަބާޔާގެ އާ ފިހާރަ ހުޅުވިގެން ދިއުމުން ގިނަބައެއްގެ ފަރާތުން މި ލިބުނު ތަރުހީބުގެ ސަބަބުން، ރޭ އެ ފިހާރާގައި ފެށި ހާއްސަ ޕްރޮމޯޝަން މިރޭގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެ ޕްރޮމޯޝަންގައި އެ ފިހާރައަށް ޒިޔާރަތްކޮށް ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް އަތަރު ފުޅިއެއް ހިލޭ ލިބިގެންދާނެއެވެ.

އޫދް އަލް ސަބާޔާއިން ދިވެހިންނާއި، ގުޅޭ ދިވެހިންގެ ހިތް އަތުލާފައިވާ އަތަރު ބްރޭންޑެކެވެ. އެ މީހުންނާއި ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.