ގެސްޓު ހައުސް އެސޯސިއޭޝަން (ޖީއެމް) ގެ ރައީސް އަހުމަދު ކަރަމް މޭސްތިރިއެއްގެ ގޮތުގައި ހުންނަވައިގެން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އއ. ތޮއްޑޫ އިން ރަޝިއާ އަށް ފަޅޯ އެކްސްޕޯޓުކުރުމުގެ މަސައްކަތް ފަށާނެކަން ހާމަކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކަރަމް ވަނީ އޭނާ އަށް މިފަދަ ހިޔާލެއް އައި ގޮތް ހިއްސާކޮށްފައެވެ. ކަރަމް ވިދާޅުވި ގޮތުގައި މިފަދަ ވިޔަފާރިއެއް ފެއްޓެވުމަށް ބޭނުންވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި ފަޅޯ ރާއްޖޭގައި ވިއްކަމުން ދަނީ އަގު ހެޔޮކޮން ކަމަށާއި، އެހެން ނަމަވެސް ބޭރުގެ މާކެޓުގައި އެއީ ވަރަށް އަގުބޮޑު ބާވަތެއް ކަމަށް ވިދާޅުވުމާއި ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުދެއްކެވި ވާހަކަފުޅުން ހިއްވަރު ލިބިވަޑައިގެން އެރަށަށް ޒިޔާރަތް ކުރާ ޗައިނާގެ ފަތުރުވެރިންގެ ކިބައިންނާއި، އަދި އެހެނިހެން ގޮތްގޮތަށްވެސް އެކަމާއި ބެހޭ މައުލޫމާތު ހޯދައިފައިވާނޭ ކަމަށެވެ.

ގެސްޓު ހައުސް އެސޯސިއޭޝަން (ޖީއެމް) ގެ ރައީސް އަހުމަދު ކަރަމް

ކަރަމް ވިދާޅުވި ގޮތުުގައި އޭނާގެ މި މަސައްކަތުގެ ތެރެއިން ތޮއްޑޫގެ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްވެސް މަސައްކަތް ކުރެވޭނެ އެވެ.

"އަސްލު އަޅުގަނޑު މިކަން ކުރުމަށް ބޭނުންވަނީ ދެމަގުސަދެއްގައި، އެއީ ފަޅޮލަށް ބޭރުގެ މާކެޓަށް ވިއްކައިގެން ހަމައަގު ހޯދައިދިނުމާއި ތޮއްޑޫގެ ޓުއަރިޒަމް ކުރިއެރުވައި އިސްތިހާރު ކުރުމަށް" ކަރަމް ވިދާޅުވިއެވެ.

ކަރަމް ވިދާޅުވި ގޮތުގައި މިހާރު ކުރަމުން ދަނީ ފަޅޯ އެކްސްޕޮޓު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް ތަކެވެ. އަދި އުއްމީދަކީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފުރަތަމަ ޝިޕްމެންޓް ރަޝިއާ އަށް ފޮނުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަމް ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ފުދޭވަރަކަށް ބޮޑު ހޭދައެއްވެސް ކޮށްގެން ކުރަންޖެހޭ މަސައްކަތެކެވެ. އެއީ ފަޅޮލަކީ ކުރު މުއްދަތެއްގެ އެއްޗެއް ކަމުން، ކަނޑުމަގުން ގެންދިއުމުގެ ބަދަލުގައި ރަޝިއާ އަށް ފޮނުވަން ޖެހޭނީ ވައިގެ މަގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެދުރު

    ސަރުކާރުން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށް މިޖެހޭ ބަލިތައް ދެނެގަނެ އެކަން ހައްލުކުރަން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން އެބަ ޖެހޭ. މިހާރު ފަޅޯ ހެއްދޭވަރެއް ނޫން ، ކަރަމް މެން ކަހަލަ ޕާޓީ އެކްޓިވިސްޓުން ލައްވާ ސަޅިބައިސާ ކެނޑުވިޔަކަސް އަދި ނުވާނެ

    23
    2
  2. Anonymous

    ރޫސީވިލާތް އެއީ ރަޝިޔާ

    10
    1
  3. ބުރޯ

    ބޭރުގެ މާކެޓަށް ވިއްކިޔަކަސް ހަމައަގެއްނުލިބޭނެ .މިހާރު ވެސް ފަޅޯ ވިއްކައިގެން ގެއްލުމެއްނުވޭ އެހެންވީމަ ހަމައަގުލިބިފަ އިތުރުވެސް ވޭ.އަދި ތިޔަ މަސައްކަތުގެ ސަބަބުން ގިނަ ދިވެހި މުސްލިމުންނަށް ނަފާލިބޭތީ މާތްﷲ ގެ ހަޒުރަތުގަ ލިބޭ ދަރުމަ ބޮޑު .މިހާރު ތިޔަ ހޯއްދަވަން އުޅުއްވާ ހަމަ އަގުގެ ސަބަބުން އެތައްބަޔަކަށް ލިބެމުންދިޔަ ފަޅޮލުގެ ފައިދާ ގެއްލުމުން ހަމައަގަށް ވާނީ ކިހިނެތްބާ؟ ވިސްނާލީމުތަ؟

    15
    1
  4. މުހުއްމާ

    ބަލަގަ.ރަށިޔާއައް އެތެރެ ކުރަނީ ފަޅޯތަ؟ މަހީކޮއް
    ގެން މިހުރީ، ބަނޑިޔަލާއި، ކަރާކަމައް.

    8
    4
  5. ޢަލީ

    ވަރަށް ހެވެއްނު، މިހާރުވެސް ފަޅޯހުރީ 30 އަށް 40 އަށް ކިލޯއެއް، މިވަރުވެސް މަދީދޯ، ތީ ހަމަ ބުއްޅަބޭ ޕްރޮމޯޝަންކުރަން ދައްކާވާހަކަ. ހަރާން އެއްކަމެއްވެސްވާނެނަ.

    9
    1
  6. ކ

    ޢަންނި ބުނަންދެން ކޮނމެ ވާހަކަ.... ބަލަ މިހާރުވެސް މާލޭ މާރު ކޭޓުގާއި ފަޅޮލުގެ އަގުބޮ ޑޭ ޙަމަ އަގު އެއީ ކޮން އަގެއް އެންމެ ޝިޕް މަންޓެއް ފޮނުވޭނީ ދެންޖެހޭނީ ހުއްޓާލަން

  7. Anonymous

    ފަޅޯ އެކުސްޕޯޓް ކުރާވާހަކަ ބުނުމުން ރަސިޔާ ސަރުކާރު އިސްތިއުފާ ދީފި

  8. ހިޔަލަ

    ފަޅޯ އެކުސްޕޯޓް ކުރާވާހަކަ ބުނުމުން ރަސިޔާ ސަރުކާރު އިސްތިއުފާ ދީފި

  9. ސަމްކުޅިބޭ

    ތޮއްޑޫ ފަޅޯއޮޑި އާދޭތޯ ބަލަން ރަސިޔާ މީހުން އެތިބެނީ ގޮނޑުދޮށުން ނާރާ.