ދިވެހި ކެބިން ކްރޫ އެކަޑެމީން އަނެއްކާވެސް ކެބިން ކްރޫންނަށް ވާން ބޭނުންވާ ކުދިންނަށް ހާއްސަ ކޯހެއް މާލެ އާއި ހުޅުމާލޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި ކޯސް ހިންގުމުގައި ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބި އެތައް ސަތޭކަ ކުދިން ކެބިން ކްރޫއިންގެ ގޮތުގައި ތަމްރިން ކޮށްފައިވާ އެ އެކަޑަމީގެ މި ފަހަރު ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓޫގެ ލައިސަންސްވެސް ލިބިގެން ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފުުރުސަތު މި ވަނީ ހުޅުވާލާފައެވެ.

.މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ދިވެހި ކެބިން ކްރޫ އެކަޑެމީން މައުލޫމާތުދެެެއެވެ. 10 ދުވަހުގެ އެ ކޯހުގައި ބައިވެރިވުމަށް ފުރުސަތު އުމުރުން 16 އަހަރު ފުރިފައިވާ، އަދި އޯލެވެން ނިންމާފައިވާ ކޮންމެ ކުއްޖަކަށްވެސް އެބައޮތެވެ. މި ކޯހުގެ ފީއަކީ 5200 ރުފިޔާއެވެ.

ދިވެހި ކެބިން ކްރޫ އެކަޑެމީން މައުލޫމާތުދޭގޮތުގައި، މި ކޯހުގައި ބައިވެރިވާ ކުދިންގެ ތެރެއިން މި މަހުގެ 20 ކުރިން ފައިސާ އެއްކޮށް ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެެެއެވެ.

މި ކޯހުގައި ކިޔަވާދޭނީ ހަވީރު 16:00 އިން ރޭގަނޑު 20:00 އަަށެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން ރެޖިސްޓަރވުމަށް ދިވެހި ކެބިން ކްރޫ އެކަޑެމީން އެދެެއެވެ. ރެޖިސްޓަރވުމަށް އެ ކުއްޖެއްގެ ފުރިހަމަ ނަމާއި، އައިޑީކާޑް ނަމްބަރު، އަދި ގުޅޭނެ ފޯން ނަމްބަރުގެ އަދި އެ ކުއްޖަކު ކިޔަވަން އެދޭ ތަން (މާލެ/ހުޅުމާލެ)، އިތުރުން އީމެއިލް އެޑްރެސް ޖެހުމަށްފަހު 9958800 އަށް ނުވަތަ ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އެ އެކަޑަމީން އެ ފަރާތަކަށް ގުޅާނެއެވެ.

މިއީ ދިވެހި ކެބިންކްރޫ އެކަމީން މި އަހަރު ތެރޭގައި މާލޭގައި ބާއްވާ ތިން ވަނަ ކެބިން ކްރޫ ކޯހެވެ. މިއަދު ގދ.ތިނަދޫގައި ވެސް ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފަރާތުން ވަނީ 15 ކުދިންނާއެކު މި ކޯސް ފަށާފައެެވެ.

އަަދި އަންނަ ޖޫން މަސް ތެރޭގައި ކެބިން ކްރޫ ކޯހުގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ފެށުމަށް ހަމަޖެހިވާކަމަށް ދިވެހި ކެބިން ކްރޫ އެކަޑަމީން މައުލޫމާތުދެެެއެވެ. އެ ކޯހުގައި ބައިވެރިވުމަށް މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަލާތި

    ކީއްވެބާ ހުރިހާ ކުދިން ވެސް ޕިންކް ބުރުގާ ނޭޅީ. ގާނޫނަކުން މަޖްބޫރު ކުރަންވީ ކެބިންކްރޫ އަށް ވާ ހުރިހާ އަންހެން ކުދިން ޕިންކް ބުރުގާ އަޅަން އަދި އެ އަޅަން ޖެހޭނީ ވޯގްގެ ކަވަރ ޕޭޖް ގައި ބުރުގާ އަޅައިގެން އިން އަންހެން ކުއްޖާ އަޅާ ގޮތަށް އިނގޭތޭ. މި ނޫން ގޮެތެއް ނޯންނާނެ ތަމެން ބޭނުން ގޮތަށް ބުރުގާ ނޭޅޭނެއޭ އިނގޭތޭ.

  2. ލާލު

    ރަގަޅު މިފަހަރު އޮހީހުގައި ދެންގޭގަ ؟ ސާވަހޭ

  3. ޓިނު

    ސާބަހޭ ދެންގޭގަ؟