ރ އަތޮޅުގައި ތަރައްޤީކޮށްފައިވާ ފައިވް ސްޓަރ "ބްރެނިއާ ކޮއްޓެފަރު" ރިސޯޓު ހުޅުވައިފިއެވެ.

އިއްޔެ މި ރިސޯޓު ހުޅުވައި ގެސްޓުންނަށް ހިދުމަތް ދޭން ނިންމާފައިވާ އިރު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗްމަހުއެވެ.

ބްރެނިއާ ކޮއްޓެފަަރަކީ 15 ހެކްޓަރުގެ ޖުމްލަ 190 ވިލާ ހުންނަ ރިސޯޓެކެވެ. މީގެ ތެރޭގައި ހިމެނެނީ ބީޗް ވިލާއާއި އޯވަރ ވޯޓަރ ވިލަރ، ގާރޑެން ވިލާ، އަދި ޚާއްސަ ވިލާތަކެއްކަމަށްވާ "ބްރެނިއާ ރެސިޑެންސް ވިލާ" ތަކެވެ.

ބްރެނިއާ ކޮއްޓެފަރުގައި ހަދާފައިވާ ވޯޓާ ވިލާ-- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ރިސޯޓުން ލިބެން ހުންނަ އިތުރު ޚިދުމަތްތަކަށް ބަލާއިރު ތަފާތު ކެއުންތަކަށް ޚާއްސަކޮށް ތިން ރެސްޓޯރެންޓެއް ރިސޯޓްގައި ހުރެއެވެ. ރެސްޓޯރެންޓްތަކުގެ އިތުރުން ފަތުރުވެރިންނަށް ހާއްސަކޮށްގެން ރިސޯޓުގައި މޫދު ކުޅިވަރުގެ ޙަރަކާތްތަކާއި ޑައިވިން ސެންޓަރެއް ޤާއިމްކޮށްފައި ހުރިއިރު، ވޯޓަރ ސްޕޯޓްސް ސެންޓަރެއް ވެސް ރިސޯޓުގައި ގާއިމްކޮށްފައިވެއެވެ.

އާއިލީ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރި ކޮއްޓެފަރަކީ ރ،އަތޮޅުގައި ހުޅުވި 13 ވަނަ ރިސޯޓެވެ. އަދި މިއަހަރު ހުޅުވާ ފުރަތަމަ ރިސޯޓެވެ.