އޮޕޯ އިން ރާއްޖޭގައި މުޅިން އަލަށް އެކުންފުނީގެ ސަމާރޓްފޯނުތަށް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

އޮޕޯ އިން މިއަދު ރާއްޖޭގައި ތައާރަފްކުރެވުނު ފޯނުތަކުގެ ތެރޭގައި، އޮޕޯ ރެނޯ2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނެއެވެ.

ރާއްޖޭގެ މާކެޓުގައި، އެންމެ ފުރިހަމަ އަގުގައި އޮޕޯގެ މި އައު ފޯނުތައް އުރީދޫއިން ލިބެން ހުންނާނެއެވެ. އަދި ކަސްޓަމަރުންނަށް ފޯނު ގަތުމުގައި އިތުރަށް ފަސޭހަކޮށްދިނުމަށް ވަރަށް ޚާއްސަ ޕްލޭންތަކެއް ވަނީ ތައާރަފްކޮށްފައެވެ.

އުރީދޫ އިން ބުނީ، މި އޮފަރގެ ތެރެއިން ބައްލަވައިގަންނަވާ ކޮންމެ ރެނޯ2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާއަށް ޚާއްސަ 2 ޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ފޯނަކާއެކު ސޯޝަލް މީޑިއާއަށް ޚާއްސަ 1 ޖީބީ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އާލާތްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުން ހޯދާފައިވާ އޮޕޯ ކުންފުނިންވަނީ ފޯނުގެ ފޮޓޯގްރަފީއަށް ޚާއްސަ އަހަންމިއްޔަތު ކަމެއްދީގެން އީޖާދީ ސްމާރޓް ފޯނުތަކެއް ނެރެ މީހުންގެ މަގުބޫލުކަން ހޯދާފައެވެ.

އުރީދޫ މޯލްޑިވްސް އާއި އެކު ރާއްޖެއަށް މިއަދު ތަޢާރަފްކުރި އޮޕޯ ފޯނުތަކަކީވެސް ތަފާތު ސްޕެސިފިކޭޝަންތަކާއި އެކު އުފައްދާފައިވާ ފޯންތެއްކަން ފާހަގަކޮށްކަން ޖެހެއެވެ

އުރީދޫ މެދުވެރިކޮށް، ފުލް ޕޭމަންޓް ދައްކައިގެން މި ބްރޭންޑުގެ ފޯންތައް އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް ނެގޭނެއެވެ. އަދި އިންސްޓޯލްމެންޓަށްވެސް މި ފޯންތައް ނެގުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

އެގޮތުން މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333 ރުފިޔާ ދައްކައިގެން މިއަދު ތައާރަފް ކުރި ފޯންތައް އުރީދޫ ކަސްޓަމަރުންނަށް ނެގޭނެއެވެ.

ފުލް ޕޭމަންޓް ޕްލޭނެކޭ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ކަސްޓަމަރުންނަށްވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާއި އެކު ލިބޭ ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް ލިބިގެންދާނެއެވެ.

އޮޕޯގެ މި އައު ފޯނުތަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ގަނެގެން، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.