މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދުކޮށްފައިވީ ނަމަވެސް މާދަމާ ވެސް އެ ބޭންކުގެ ބައެއް ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްގެ ހިދުމަތްތައް ދިނުމަށް މިއަދު ވެސް ވަކި ގަޑިއެއްގައި ބޭންކް ހުޅުވާފައިވެއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބައެއް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މާދަމާގެ ހެނދުނު 9:30 އިން މެންދުރު 12:30 އާއި ހަމަޔަށް ބޭންކު ހުޅުވައިފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ބީއެމްއެލް އިން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޕޭ ރޯލްގެ ހިދުމަތާއި، ބެރަށް ފައިސާ ޓްރާންސްފާ ކުރުމާއި، އޭޓީއެމް މެދުވެރިކޮށް މީގެ ކުރިން ޖަމާކޮށްފައިވާ ބައެއް ޗެކުތައް ޕްރޮސެސްކުރުމާއި، ލޯކަލް ޓްރާންސްފާގެ ހިދުމަތްތައް ހިމެނެއެވެ.

ބީއެމްއެލް އިން މިހާރު ވަނީ ވަކި ހިދުމަތްތައް ފޯރުކޮށްދޭނެ ގަޑި އާއި، ފޯރުކޮށްދެމުންދާގެ ގޮތުގެ މައުލޫމާތު އާންމުކޮށްފައެވެ.

އެގޮތުން ބޭރަށް ފައިސާ ފޮނުވާ ކަމުގައިވާ ނަމަ، އެކަމަށް ބޭނުންވާ ލިއެކިއުންތައް ބީއެމްއެލްގެ އިންޓަނޭޝަނަލް ޓްރާންސްފާ އަށް ހާއްސަކުރެވިފައިވާ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

ހެނދުނު 11 ޖެހުމުގެ ކުރިން މި ހިދުމަތަށް އެދިއްޖެ ނަމަ އެ ދުވަހަކު އެކަން ފުރިހަމަ ކުރާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ޕޭރޯލްގެ ހިދުމަތަށް ވެސް އީމެއިލް މެދުވެރިކޮށް އެދެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެގޮތުން މި ހިދުމަތަށް އެދުމަށް ބޭނުންވާ ލިއުންތަކާއި ތަފްސީލް ބީއެމްއެލްގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ހެނދުނު 11 ޖެހުމުގެ ކުރިން ހިދުމަތަށް އެދި ހުށަހަޅައިފި ނަމަ އެދުވަހަކު އެކަން ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.

ހެނދުނު 11:30 ގެ ކުރިން އޭޓީއެމް އަށް ޖަމާކުރާ ޗެކެއް ކަމުގައިވާ ނަމަ އެދުވަހުގެ ތެރޭގައި ޗެކް ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނރގސެރވރ.

ބީއެމްއެލް އިން އިތުރަށް ބުނި ގޮތުގައި އެބޭންކު މެދުވެރިކޮށް ހެނދުނު 10:00 ގެ ކުރިން ކުރާ ލޯކަލް ޓްރާންސްފާ އެއްލައްކަ ރުފިޔާ އަށްވުރެ މަދު އަދަދެއް ކަމުގައި ވާނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ. އަދި އެއް ލައްކަ ރުފިޔާއިން މަތީގެ އަދަދަކަށް ޓްރާންސްފާ ކޮށްފި ނަމަ އެ ދުވަހެއްގައި އެ ހިދުމަތްވެސް ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައައިންތު

    ކޮބާހޭ އިނާޔަތުގެލާރި.20 ގެ ކުރިން ދޭން ބުނި