ދައުލަތުން ނަގާ ލޯންތަކަށް ފައިސާ ދެއްކުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑް (އެސްޑީއެފް)އަށް މި އަހަރުގެ މިހާތަނަށް ޖަމާކޮށްފައި ވަނީ 246 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެމުން އަންނަ ހަފްތާގެ މާލީ ރިޕޯޓުގައި ބުނެފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފް އަށް ޖަމާކޮށްފައި ވަނީ 246.4 މިލިއަން ރުފިޔާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައިވާ އަދަދަށް ވުރެ ބޮޑުތަނުން މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައި ވަނީ 770.1 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެ ފަންޑުގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ. ފާއިތުވި އޮގަސްޓު މަސް ނިމުނު އިރު އެ ފަންޑުގައި ހުރި ޖުމްލަ އަދަދަކީ، 181 މިލިއަން ޑޮލަރު ނުވަތަ 2.7 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުން ލޯނުގެ ގޮތުގައި 600.1 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާއި ހަމައަށް ދައްކާފައި ވަނީ 596.1 ރުފިޔާއެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. މިއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ މަދުވެފައި ވާއިރު ދައުލަތުގެ ރިޒާވް މިއަހަރު މަހުން މަހަށް ދަށަށްދާތީ ވެސް ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
މާލިއްޔަތު ކައިހހހުސްކޮށްފި
ސޮވެރިން ފަންޑު ބޭނުން ކޮށްގެން ކޮވިޑް އިން ސަލާމަތްވާންވީ
ސޮވެރިން މުކި މިހާރު ހުންނާނީ. ހުސްދޮގު. އެވެސް ކައިހުސްކޮށްފި. އެދެން އަދަދެއްކިޔައިލަނީ. ރައްޔިތުން ގޮސް ސޮވެރިން ފަންޑު ބުޑުގަތިބެ ފައިސާ ގުނާނީއެއްނޫނެއްނުދޯ. މާސިންގާ ދޮގުހަދަމުންދާ ބަޔަކަށް ހިސާބުގެ އަދަދެއްބުނެލުން ވާނެތަ އެއްވެސް ކަމަކަށް.
އަމާގެ ފައްޓަރުތައްވެސް އަދި މިސަރުކާރުން ނަގާނެ... ފައްޓަރާއި އުފުލޭ މުދާތިބި ބޭފުޅުން އެތަކެތި ރައްކާ ކުރައްވާ... ވައްކަމުގެ ސަލާމަތެއްނެތް...
ތިފަންޑަށްކަމަށް ހީކޮސްޗެސް ޖަމަކުރެވޭނީ ކޮންމެވެސް މިނިސްޓރެއްގެ އެކައުންޓަށް. ކުންފުންޏެއްގެ ނަމުގަ އެކަައުންޓު އޮތީމަ އެނިމުނީ.
ދިވެހި ރައްޔިތުން މުއްސަނދިކަންމަތީ އުޅެން ޔަމީން ވެރިކަމުން ދުރުކުރީ. އެކަމަކު 5 މާމުލުންގެ ފަސްވަގުގެ ބަދަލު ގައި 22 މުލުވަގާ ވެރިކަން މިހަވާލުކުރީ. 1 އަހަރުތެރޭ ހަޒާނަ ދޮވެލައިފި. ތަނެއްގަ އެއްޗެއް ފޮރުވާފަ ހުއްޓަސް އެވެސް ނަގައިފި. ފޮރުވާފައޭ މިބުނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފަންޑަށް ރައީސް ޔަމީންގެ ވެރިކަމުގައި ޖަމާކޮށްފައިހހުރި 150 މިލިއަން ޑޮލަރުގެވާހަކަ. އެއީ އެއަރޕޯޓް ހަދަން ޗައިނާއިން ނެގި 870 މިލިއަން ޑޮލަރުގެ ލޯނު ދައްކަން ދަތިނުވާނެގޮތުން ރައްޔިތުންނަށް ކޮށްދެއްވި ފަސޭހައެއް. މިހާރު ދިވެހިން ތިބޭ. މިދާރޭޓުން ދޮންނަމުން ދަންޏާ ސަލާމް ޖަހަން ނުޖެހި ސަލާމަތްވާނީވެސް މަދުއާއިލައެއް
މީނަ މުޅި ޤައުމުގެ ހަޒާނނާ ކާހުސްކޮންފި
ޥަގުން ވެރިކަން ކުރަންޔާވާނީ މިހެން
ޢިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް އެމްޑީޕީ ވެރިޖަމެއް ރައްޖެއަކައް ނާންނެ، ނުލަފާ ޖާހިލު ބައެއް