ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ ދުނިޔޭގެ މަޝްހޫރު "ސްޕާކަލް" އަދި "ސެންޓިއޯ" ބްރޭންޑްގެ އެންމެ މަޤުބޫލު އުފެއްދުންތައް ކުޅުދުއްފުށީ "ކޭމާޓް" ފިހާރައިން ވިއްކަން ފަށައިފިއެވެ.

"ލިބޭ އޮންލައިން" އިން ރީޓެއިލް ކުރާ އަގުތަކުގައި "ކޭމާޓް" ފިހާރައިން ވެސް މިހާރު މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަމުން ދާއިރު، އޭގެތެރޭގައި މީރުވަސް ދުވާ ބޮޑީ މިސްޓް އާއި ބޮޑީ އެސެންސް އަދި ޝަވާ ސެރަމްގެ އިތުރުން ޑިއޯޑޮރެންޓް ހިމެނެއެވެ. މީގެ އިތުރުންވެސް ހަންގަނޑަށް ޚާއްސަ އުފެއްދުންތަކާއި "ސެންޓިއޯ" ބްރޭންޑުގެ މަޤޫބޫލު ކޮސްމެޓިކް ސާމާނު "ކޭމާޓް" އިން މިހާރު ލިބެން ހުންނާނެއެވެ.

އުމުރުން 13 އަހަރުން މަތީގެ، ފަރާތްތަކާއި އެކަށީގެންވާ ގޮތަށް އުފައްދާފައިވާ "ސެންޓިއޯ" ގެ ކޮސްމެޓިކް ސާމާނަކީ ފައިދާކުރަނިވި އަދި އެދެވޭ ނަތީޖާތަކެއް ދައްކައިދޭކަން ތަޖުރިބާގެ އަލީގައި ގިނަ ބަޔަކަށް ޔަޤީންކުރެވިފައިވާ އިތުބާރުހުރި މޮޅު އުފެއްދުންތަކެކެވެ.

މި އުފެއްދުންތަކުގެ އިތުރުން ދަތް ހުދުކޮށް ރީތިކުރުމަށާއި، ހިރުގަނޑުގެ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުގެ މޮޅު އުފެއްދުންތައްވެސް މިހާރު "ކޭމާޓް" ފިހާރައިން ލިބެން ހުންނާނެއެވެ.

"ލިބޭ އޮންލައިން" އިން "ސެންޓިއޯ" ބްރޭންޑުގެ ކޮސްމެޓިކްގެ އިތުރުންވެސް، ދިވެހިންނަށް ކަމުދާ މަޤުބޫލު ގިނަ ބްރޭންޑުތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުން ދެއެވެ. އެ ވިޔަފާރިން އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން މި ޕްރޮޑަކްޓުތައް ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ކުދިބޮޑު ވިޔަފާރިތަކަށް ވަރަށް ޚާއްސަ އަގުތަކެއްގައި ހޯލްސޭލްވެސް ކުރަމުންނެވެ.

އަދި ހަމައެހެންމެ ރަށްރަށުން "ލިބޭ އޮންލައިން" ގެ ޕްރޮޑަކްޓުތައް ވިއްކާ އޭޖެންޓުންނަށް ވުމުގެ ފުރުސަތުވެސް މިހާރު އޮތީ ހުޅުވާލާފައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތާއި ލިބޭގެ ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ނަމްބަރު (9759452) އަށް ގުޅުމަށް އެފަރާތުން އެދެއެވެ.

މީގެ އިތުރުން "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރުމުގެ ފުރުސަތު، ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް އޮންނާނެއެވެ. "ލިބޭ އޮންލައިން" އިން އޯޑަރުކުރާ ތަކެތި ގަންނަ ފަރާތްތަކަށް، އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެ ވިޔަފާރިން ދެއެވެ. އަދި ރަށްރަށުން އޯޑަރުކުރާނަމަ ބޯޓާއި ހަމައަށްވެސް ހިލޭ ގެންގޮސްދޭނެއެވެ.



"ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކާ ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (115 ރުފިޔާ)


2. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދޭ ސްޕާކަލް ޓްރިޕްލް ވައިޓް (150 ރުފިޔާ)


3. ކިހިލިފަތް ކަޅުވާ މައްސަލައަށް ހައްލު ހޯދައިދޭ ޑިއޯޑޮރެންޓް (100 ރުފިޔާ)


4. ހަށިގަނޑު ދޮންކޮށް ޒުވާންކަން ގެނެސްދޭ "މިލްކް ޕްލަސް" ލޯޝަން (179 ރުފިޔާ)


5. ހަންގަނޑު މަޑުކޮށް ކުރަކިކަން ފިލުވުމަށް އެންމެ އިތުބާރު އެއް ލޯޝަނާއި ބާތު-ކްރީމް


6. ދަތްތަކުގެ އޮމާންކަން ގެއްލި އަވަހަށް ހަޑިވާން ދިމަވާ މައްސަލައިގެ ހައްލު ހޯދައިދޭ "ސްޕާކަލް ފްރެޝް ވައިޓް ޓޫތްޕޭސްޓް"


7. އިރުގެ އަލިން މޫނުގެ ހަންގަނޑު ރައްކާތެރިކޮށްދޭ "ޒޫމް ފައުންޑޭޝަން


8. ހިރުގަނޑު ފާރުވުމުން ދުރުކޮށްދޭ "ސްޕާކަލް - ގަމް ކެއާ ޓޫތްޕޭސްޓް"


9. "ސެންޓިއޯ: ބޮޑީ މިސްޓް (އެޕަލް/ބެރީ)


10. ދަ ބޭކަރީ ޕްރިންސެސް - ހެއާ އެންޑް ބޮޑީ މިސްޓް