އިންޑިއާގެ ލޯކޯސްޓް އެއާލައިނެއް ކަމަށްވާ ގޯ އެއާގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ އެއާލައިނުން ވަނީ މިދިޔަ އަހަރުވެސް ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށް ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ.

އެ އެއާލައިނުން އަނެއްކާވެސް އަލުން ރާއްޖެއއަށް ދަތުރުތައް ފަށާއިރު، އިންޑިއާގެ ބެންގަލޫރު، މުމްބާއީ އަދި ދިއްލީ އާއި މާލެ އާއި ދެމެދު އެ އެއާލައިނުން ދަތުުރުތައް ކުރާނެއެވެ.

އެގޮތުން މުމްބާއީ އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާއަކު ހަތަރު ދުވަހަށް ބާއްވާނެއެވެ. އަދި ދިއްލީ އާއި މާލެ އާއި ދެމެދު ހަފްތާއަކު ތިން ދަތުރު ބާއްވާއިރު އެ ދަތުރުތައް ކުރާނީ އާދިއްތަ ބުދަ، އަދި ބުރާސްފަތި ދުވަހުއެވެ.

2005 ވަނަ އަހަރު ވުޖޫދަށް އައި ގޯއެއާއިން އިންޓަނޭޝަނަލް ދަތުރުތައް ފަށާފައި މި ވަނީ މިދިޔަ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފެށި ފުރަތަމަ ގައުމުތެރޭގައި ރާއްޖެ ހިމެނެއެވެ.