ރާއްޖޭގެ އެންމެ މަޝްހޫރު އަތަރް ބްރޭންޑް ކަމަށްވާ އޫދް އަލް ސަބާޔާއިން "އެކްސްޓްރީމް ސަބާޔާ" ޕާފިއުމްގެ، އަތަރު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އޫދް އަލް ސަބާޔާއިން ވިއްކަމުންދާ "އެކްސްޓްރީމް ސަބާޔާ" ޕާފިއުމްއަކީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ފިރިހެނުންނަށް ހާއްސ،ަ ވަރަށްވެސް މީރުވަސް ދުވާ ޕާފިއުމް އެކެވެ.

އެ ކުންފުނިން ބުނީ، މިއަދު މެންދުރު 13:00 އިން ފެށިގެން އޫދް އަލް ސަބާޔާގެ މާލެ ފިހާރައިން އެކްސްޓްރީމް ސަބާޔާގެ އަތަރު ލިބެން ހުންނާނެ ކަމަށެވެ.

އެކްސްޓްރީމް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަބަޔައެއްގެ މަގްބޫލުކަން ހޯދާފައިވާ ވަރަށް މީރުވަސް ދުވާ، ވަހެއް ހުންނަ ޕާފިއުމް އެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މިއީ ވަރަށް ގިނަ އިރުވަންދެން ވަސް ހުންނަ ޕާފިއުމްއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އެހެންކަމުން މި ބްރޭންޑްގެ އަތަރު ތައާރަފް ކުރުމާއެކު، މި ބްރޭންޑަށް ލޯބި ކުރާ ފަރާތްތަކަށް މިއީ ވަރަށްވެސް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

ރާއްޖެއަށް އަމިއްލަ ބްރޭންޑްތަކާއި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި، ޕާފިއުމް ވިއްކަމުން އަންނަ އޫދް އަލް ސަބާޔާވެފައި ވަނީ ދިވެހިންގެ މެދުގައި މަގްބޫލު ފިހާރައަކަށެވެ. އެ ފިހާރައިން ވިއްކާ އެ މީހުންގެ އަމިއްލަ ބްރޭންޑްގެ ބައެއް އުފެއްދުންތަކަށް ބަލާއިރު، އަތަރާއި، ޕާފިއުމް އަދި ލޯޝަނާއި، އެއާ ފްރެޝްނާ ލިބެން ހުންނާނެ އެވެ.

އޫދް އަލް ސަބާޔާގެ ފިހާރަ ހުންނާނީ މާލެ މާފަންނު، މިރިޔަސް މަގުގައެވެ. މި ފިހާރައިގެ ފޯން ނަމްބަރަކީ 9495757 އެެވެ.