އެފްޑީ ސްޕޯރޓްސް އަކީ ރާއްޖެއަށް އަލަށް ތާޢާރަފްކުރި ބުރުގާ އަޅާ އަންހެން ބޭފުޅުންނަށް ޙާއްސަ އިންޓަނޭޝަނަލް ސްޕޯރަޓްސް ބްރޭންޑްއެކެވެ. އަދި މިއީ ދުނިޔޭގައި ހުރި ހަމައެކަނި ބުރުގާ އަޅާ އަންހެނުންނަށް ޙާއްސަ ސްޕޯޓްސް ބްރޭންޑްއެވެ. ފިޓްނަސްއާ ގުޅޭ ކޮންމެ ކަމަކަށްވެސް ބޭނުންކުރެވޭގޮތަށް ޙާއްސަ ކޮށް ފަރުމާކުރެވިފައިވާ އެތައް ޙާއްސަ ސްޕޯޓްސް ވެއާއެއް މިލައިންގައި ހިމެނެއެވެ. މި ބްރޭންޑްއަކީ ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ އަންހެނުންގެ ބާރުވެރިކަމަށް ހިއްވަރުދޭ ބްރޭންޑްއެކެވެ.
އެފްޑީ ސްޕޯޓްސްއިންވަނީ ގިނަބައެއްގެ ލޯބި ކުޑަ ދުވަސްކޮޅެއްތެރޭ ހޯދާފައެވެ. ގިނަ އަދަދެއްގެ ކަންބަލުންވަނީ ސޯޝަލް މީޑިއާގައި އެފްޑީ ސްޕޯޓްސް އަށް ތައުރީފުކޮށް އެތައް ސްޓޯރީއެއް ޝެއާކޮށްފައެވެ. މީގެތެރޭގައި މައްޝޫރު ފިޓްނަސް އިންސްޓްރަކްޓަރުންނާއި މޭކަޕް އާޓިސްޓުންނާއި ފަންނާނުން ހިމެނެއެވެ. އަދި އެންމެ ފާހަގަކޮށްލެވެނީ، ބުރުގާ އަޅާ ބޭފުޅުންނާ ނާޅާ ބޭފުޅުންވެސް އެފްޑީ ސްޕޯޓްސް ޕްރޮޑަކްޓްތައް ބޭނުންކުރަނމުންދާކަމެއްވެ. މިބްރޭންޑް ޙާއްސަވަނީ ހުރިހާ އަންހެން ކަންބަލުންނަށެވެ.

ސްޕޯރޓްސް ވެއަރ ޙިޔާރުކުރައްވާއިރު ގިނަ މީހުން ހަރަކާތްތެރިވުމުގައި ބަލާނީ ގަޔަށް ފަސޭހަ އަދި ގައިގަ ތަތްނުލަވާގޮތަށް ހުންނަ ހެދުމަށެވެ. އަދި ވަރަށް ގިނަ މީހުން ހެދުމުގެ ކުލައަށާއި ޑިޒައިނަށްވެސް ބަލައެވެ. މި ހުރިހާ ކަންތަކަށް އެފްޑީ ސްޕޯރޓްސްގެ ލައިން ޙާއްސަވެއެވެ. މި ލައިން އުފެއްދުމަށާއި ފަރުމާކުރެއްވުމަށް ބޭނުންކުރެވިފައިވަނީ ގިނަ ދުވަހަށް ހަލާކު ނުވާ ޙާއްސަ އަދި އެހާމެ ލުއި ފޮއްޗަކުންނެވެ.

މި ލައިންގެ ހުރިހާ ސްޕޯރޓްސް ވެއަރގައި ބޭނުންކޮށްފައިވާ ފޮތިތައް ތަފާތުވާނެއެވެ، އަދި މިފޮއްޗަކީ އަވަހަށް ހިކޭ އަދި ދާހިއްލުމުން ނުބައިވަސް ނުދުވާ ގޮތަށް ފަރުމާކުރެވިފައިވާ ފޮއްޗެކެވެ. އެގޮތުން ވައިން ދައުރުވާ ބެކްޓީރިއާ އަށެ ނުގަނެވޭ ގޮތައް ފަރުމާ ކުރެވިފައިވާ ފޮއްޗެކެވެ. ވީމާ ސިއްޙަތުގެ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް މި ފޮތިން އެޙީތެރިވެދެއެވެ. މި ފޮއްޗަކީ ދިވެހިންގެ ނާޒުކު ހަންގަނޑު ރައްކާތެރިކުރުމަށް ޙާއްސަ ފޮއްޗެކެވެ.

https://newedition.mv/product-category/fd-sports
FD Sports Official Store now open in Maldives Athletic wear for modest...

Posted by FD Sports Maldives on Friday, October 30, 2020

އޮންލައިން ކޮށް އޯރޑަރ ކުރުމަށް 7362727، 7483120 އަށް ގުޅާލައިގެން ނުވަތަ ވައިބަރ ކޮށްލައިގެނވެއސް އޯޑަރު ކޮށްލެވޭނެއެވެ. އަދި ނިއު އެޑިޝަންގެ ވެބްސައިޓް .www.newedition.mv އިންވެސް އެޕްޑީ ސްޕޯޓްސްގެ ހުރިހާވައްތަރެއް އޯޑަރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިޝީ

    ޕިއްޓޫ ޔޫރޮކް

  2. ރޯޝަން

    ކޮބާ ފިރިހެނުންގެ ފިޓްނަސް ވެއަރ؟ ހާއްސަކޮށް އިސްކޮޅުން ބޮޑެތި ފިރިހެނުންނަށް ލެވޭ ވަރުގެ އެކައްޗެއްވެސް ވިއްކާކަށް ނުހުރޭ މާލެއަކު... ހުސް ސައިޒް ޒީރޯގަ އުޅެނީ.

  3. ޙަނީ

    ވަރަށް ރަނގަޅު އެއްޗެއް މީ.