ދިވެހިންނަކީ ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ބައެކެވެ. ތަފާތު އެކި ހިސާބުތަކުގެ ރަހަތައް އެކުލެވޭ މީރު ކެއުންތަކަށް އިންސާފުކޮށްލުމަކީ ދިވެހިން ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ބައެކެވެ. ދިވެހިންނަށް ކަމުދާ އެތައް ރަހަ އަކާއެކު "ޑްރީމްސް ޑައިނާ" މިދިޔަ ހަފްތާގައި މިހާރު ވަނީ ހުޅުވާފައެވެ.

މިއީ މީރު ކެއުންތަކަށް ލޯބިކުރާ މީހުންނަށް ހުޅުވުނު ރަނގަޅު ދޮރެކެވެ. މަޖީދީ މަގާއި މާވެޔޮ މަގާއި ގުޅޭ ކަންމަތީގައި ހުންނަ ޑްރީމްސް ޑައިނާގެ ކޮންމެ ޑިޝްއެއްގެ ފަހަތުގައި ވަނީ ކުޅަދާނަ ދިވެހި ކެއްކުންތެރިއެކެވެ. ޖުމެއިރާ ފަދަ ތަންތަނުގައި މަސައްކަތްކޮށް ރަނގަޅު ތަޖުރިބާ އެއް ހާސިލްކޮށްފައިވާ އެ ޝެފް ތައްޔާރުކޮށްދޭ ކާތަކެއްޗާއި އެކު "ޑްރީމްސް ޑައިނާ" އިން ކަސްޓަމަރުންނަށް ދޭ ޔަގީންކަމަކީ، މިތަނުގެ ކޮންމެ ކެއުމަކީ ވެސް މީރު، ތަފާތު ކެއުމަކަށް ވާނެ ކަމެވެ.

އަދި އެއްފަހަރު "ޑްރީމްސް ޑައިނާ"ގެ ކެއުންތަކުގެ ރަހަ ބަލާލައިފި ނަމަ އެތަނަށް ދެ ވަނަ ފަަހަރު ޒިޔާރަތްކޮށް ނުލާ ނުުހުރެވޭނެ ކަމުގެ އިތުބާރު "ޑްރީމްސް ޑައިނާ" އަށް އޮތް އިރު އެ ތަނުގެ ކެއުންތައް ޚާއްސަކޮށްދޭ އަނެއް ކަމަކީ މިތަނުގެ ކެއުންތަކުގެ އަގެވެ. މީރު ކާނާ ހެޔޮ އަގުގައި ލިބުމަކީ ޖީބަށް ލުއިގޮތެއްގައި ހިތްހަމަ ޖެހޭ ފަދަ ކެއުމެއް ކާލަން ލިބޭ ނަމަ އެ ފުރުސަތު ނަގާލަންވީ ސަބަބެއް އެބައޮތްހެއްޔެވެ؟ އެހެންވީމަ އަވަހަށް "ޑްރީމްސް ޑައިނާ" އަށް ޒިޔާރަތްކޮށްލައްވާށެވެ.

ޑްރީމްސް ޑައިނާ އިން ލިބޭ އެންމެ ޚާއްސަ އެއް ކެއުމަކީ "ޑްރީމްސް ޕިއްޒާ" ކަމަށް ވާއިރު ޕިއްޒާގެ ތަފާތު 30 ވައްްތަރެއް އެތަނުން ލިބެން ހުރެއެވެ.

ހެނދުނު ހަތަކުން ފެށިގެން "ޑްރީމްސް ޑައިނާ"އިން ހެނދުނުގެ ނާސްތާ ލިބެން ހުންނަ އިރު، ދިވެހި ރަހަތަކާއި އެހެން ރަހަތައް ހެނދުނުގެ ނާސްތާއަށް ލިބެން ހުންނާނެއެވެ. އަދި ބަތާއި، ނޫޑްލްސް، ޕާސްތާ، ސްޕެގެޓީ ފަދަ ބާވަތްތަކާއި، މަުގެ ބާވަތްތަކުން ތައްޔާރު ކުރާ އެކި ކަހަލަ ކާނާ އާއި، އޭޝިއާ ބައްރުގެ އެކި ހިސާބުގެ އެކި ރަހަތައް ހިމެނޭ ކާނާ އާއި ސިއްހަތަށް ރަނގަޅު ކާނާތައް "ޑްރީމްސް ޑައިނާ"ގެ މެނޫގައި ހިމެނެއެެވެ.

މީގެ އިތުރުން މޮކްޓެއިލް ސްމޫތީ، މިލްކް ޝޭކް، ތާޒާ މޭވާއިން ތައްޔާރު ކުރާ ބުއިންތައް އަދި ސޮފްޓް ޑްރިންކްސް އާއި ސަޔާއި ކޮފީ ފަދަ ބުއިންތައް މިތަނުން ލިބެން ހުންނާނެއެވެ.