ސޮއްޓި ބިޒްއިން ޒިއޯމި ޕޮކޯ އެކްސް 3 އެންއެފްސީގެ 64 ޖީބީގެ ފޯނު ކާމިޔާބުކަމާއިއެކު ވިއްކުމަށްފަހު ސޮއްޓިބިޒް އިން މިފޯނުގެ 128 ޖީބީގެ އައު ސްޓޮކެއް ގެނެސްގެން ވިއްކަން ފަށައިފިއެވެ.

މިފޯނަކީ ގޭމިންގ އަށް ހާއްސަކޮށް ފަރުމާކުރެވިގެން ތައްޔާރުކުރެވިފައިވާ ފޯނެކެވެ. ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ ގޭމް ތަކުގެ ތެރޭގައި ހިމެނޭ ޕަބްޖީ އާއި ނީޑްފޯސްޕީޑް ފަދަ ގޭމް ކުޅޭއިރު އެއްވެސް ކަހަލަ ހުއްޓެމެއް ( ލެގްވުން) ނެތި ގޭމް ކުޅެވޭނެއެވެ. ސަބަބަކީ ކުއަލަކޮމް ކުންފުނިން ތައްޔާރުކުރާ ސްނެޕްޑްރެގަން 732 ޖީގެ 2020 ވަނަ އަހަރުގެ ލީޑިންގެ ޕްރޮސެސަރ އެއް މިފޯނުގައި އިންނާތީއެވެ. 30 މިނިޓް ތެރޭގައި 62 ޕަސެންޓް ފާސްޓް ޗާޖުކޮށް ދޭނެއެވެ.

• މާކެޓަށް ނެރުނު ތާރީހް: 08 ސެޕްޓެމްބަރ 2020
• ފޯނުގެ ސައިޒް: 6.51x3.02x0.37 އިންޗި
• ފޯނުގެ ޑިސްޕްލޭ: އައިޕީއެސް އެލްސީޑީ ގޮރިއްލާ ގްލާސް 5
• ފޯނުގެ އޯއެސް: އެންޑްރޮއިޑް 10، އެމްއައިޔޫއައި 12
• ފޯނުގެ މެމަރީ: 128 ޖީބީ، ރެމް 6 ޖީބީ
• ފޯނުގެ ކެމެރާ: ސެލްފީ ކެމެރާ 20 މެގަ ޕިކްސެލް
• ފޯނުގެ މެއިން ކެމެރާ: 64 މެގަ ޕިކްސެލް ( 4K ވީޑިއޯ ކުރެވޭނެ)
• ފޯނުގެ ބެޓެރީ: 5160 މިލިއެމްޕް އަވަރސް ( 33 ވޯލްޓުގެ ފާސްޓް ޗާޖުކުރެވޭ)
• ފޯނުގެ އެހެނިހެން ފީޗަރސް: އެފްއެމްރޭޑިއޯ، ސީޓައިޕް ޔޫއެސްބީ ޗާޖުކުރެވޭ، ބުލޫ ޓޫތް 5.1

މީގެ އިތުރުން، އެ ފިހާރައިން ފޯންތައް މަރާމާތްކޮށްދިނުމުގެ ހިދުމަތްވެސް ދެއެވެ. އެހެންކަމުން މޯބައިލް ފޯނު މަރާމާތުކުރަން ބޭނުންވާ ރަށްރަށުގައި ތިބި ފަރާތްތަކުންވެސް މަރާމާތުކުރުމަށް ބޭނުންވާ މޯބައިލް ފޯނު ބޯޓަށް ނޫނީ ލޯންޗް ފަހަރަށް ލުމަށްފަހު ސޮއްޓިބިޒް ފިހާރައިގެ ނަމްބަރ 7449955 އަށް ގުޅާލުމުން ނުވަތަ ވައިބަރ ކުރުމުން އެ ފިހާރައިގެ ފަރާތުން ފޯނު ނަގާ، ފޯނު މަރާމާތުކުރުމަށްފަހު އަނބުރާ ބޯޓު ނޫނީ ލޯންޗާއި ހަމައަށް އިތުބާރާއި ޔަގީންކަމާއިއެކު ގެންގޮސް ދޭނެ އެވެ.

ސޮއްޓި ބިޒް މޯބައިލް ފިހާރައިން ވިއްކާ ފޯންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ތަކުގެ މޯބައިލް ފޯން ކަމުގައިވާ އެޕަލް، ސެމްސަންގ، ޒިއޯމި، ފަދަ ބްރޭންޑްތަކުގެ އިތުރުން އެންމެ އާދައިގެ ފޯންތައްވެސް ލިބެން ހުންނާނައެވެ. މިފިހާރައިން ވިއްކާ މޯބައިލް ފޯންތައް ރަށުގެ ލޯންޗާއި ހަމައަށް ނޫނީ ބޯޓު ފަހަރާއި ހަމައަށް ޑެލިވަރކޮށް ދޭނެއެވެ.

ސޮއްޓި ބިޒް ފިހާރައިން ވިއްކާ ފޯންތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭއިރު، އެފަހާރައިން ވިއްކާ ފޯންތަކާއި، ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 7750004 އަށް ގުޅުމުން ބޭނުންވާ މައުލޫމާތު ލިބޭނެއެވެ. ސޮއްޓި ބިޒް ފިހާރަ މިހާރު ހުންނަނީ ޗާންދަނީމަގު ޖަލާލުއްދީން މިސްކިތުގެ މެއިންޑޯގެ ކުރިމަތީގައެވެ.