މޯލްޑިވިއަން އިން ރާއްޖެ އާއި ސްރީލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތަކެއް ކުރަން ނިންމައިފިއެވެ.

މިރޭ ފަށާ މި ދަތުރުތަކަކީ ޗާޓާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. ޗާޓާ މި ދަތުރުތައް މަހެއްވަންދެން ހަފްތާއަކު ދެ ދަތުރުކުރާނެ ކަމަށާއި، މިވަގުތު މަހެއް ވަންދެން މި ދަތުރު ކުރި ނަމަވެސް އިތުރު ދަތުރު ތަކެއް ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. .

ސްރީލަންކާއަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޝެޑިއުލް ދަތުރު ކުރާ ޤައުމެއް ނޫނެވެ، ނަމަވެސް މި ދަތުރުކުރަން ފުރުސަތު ލިބިފައި މި ވަނީ، ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން ރާއްޖެއަށްވެސް ދަތުރުކުރަމުން ދަށިކޮށެވެ. މި ދަތުރުތަކުން ސްރީލަންކާއަށް މޯލްޑިވިއަން މެދުވެރިކޮށް އަގުހެޔޮކޮށް ދަތުރުކުރެވިދާނެކަން ސާބިތުވެއެވެ. އަދި އެކަން ކުރުމުގެ ޤާބިލްކަން ޤައުމީ އެއަރލައިންގައި ހުރިކަން ފެނެއެވެ.

މީގެ ކުރިން މޯލްޑިވިއަން އިން ރާއްޖެއާ ސްރީލަންކާއާ ދެމެދު ޝެޑިއުލްދަތުރު ފަށަން ދިރާސާތަކެއް ކުރިއެވެ. ރަތަމަލާނާ އެއަރޕޯޓަށް ދަތުރުކުރަން ކުރި ދިރާސާއަށް ފަހު، ކޮވިޑަށް ފަހު ދެ ޤައުމު ދެމެދު ދަތުރުފަތުރުގެ ޢާއްމު ޙާލަތަކަށް އައިސް އަންނަ އަހަރު ފުރަތަމަ ކުއާޓަރގައި ޝެޑިއުލް ދަތުރުތައް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. ރަތަމަލާނާ އެއަރޕޯޓަކީ ދިވެހިން ޢާއްމުކޮށް ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރިގައި އޮންނަ އެއަރޕޯޓެކެވެ. އެ ސަރަހައްދުން އާއްމުކޮށް ދިވެހިން އުޅޭ ސަރަހައްދަށް ފަނަރަ ވަރަކަށް މިނެޓުން ދެވޭނެއެވެ.

މޯލްޑިވިއަން އިން ދާދި ފަހުން ވަނީ އިންޑިއާގައި ސީޕްލޭން ދަތުރުތައް ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟިތުވ

    ސީފެރަރ ..... މުވްމަންޓު.