ފަތުރުވެރިކަމަށް ހަތަރު އަތޮޅުކުން ރަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ހަތަރު އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ރަށެއް ރިސޯޓް ތަރައްގީ ކުރަން ހުޅުވާލާނެ ކަމަށެވެ.

އެގޮތުން އެ ރަށްތައް އިއުލާން ކުރުމަށް ހަމަޖެހިގައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ސަރުކާރުން މީގެ ކުރިން ވެސް ފަތުރުވެރިކަމަށް ދޫކުރާ 29 ރަށެއް އިއުލާނުކުރި އެވެ. އެ ރަށްތައް ދޫކުރަން އިއުލާނުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި އަލީ ވަހީދު ހުންނެވި ދުވަސްވަރު އެވެ.

ކިޔުންތެރިންގެ ހިޔާލު