މަސް ނިމޭއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އެޑް ކުރެވިގެން ދާނެ ގޮތް ހަދައިފިއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި، އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ޕޯސްޓްޕެއިޑްގެ ޕްލޭންތަކުގެ 600 އިން މަތީގެ ހުރިހާ ޕެކޭޖްތައް ބޭނުން ކުރާ ފަރާތްތަކަށް، ދެން އަންނަ މަހަށް ބާކީ ހުރި ޑޭޓާ ގެންދެވެނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ ބާކީ ޑޭޓާ ހުރެއްޖެއްޔާ ދެން އަންނަ މަހަށް ގެންދެވޭނެ، އޭޕްރިލް މަހުގެ ހުންނަ ޑޭޓަތައް މެއި މަހަށް ގެންދެވޭނެ"، ނިޔާޒް ވިދާޅުވިއެވެ.

މިއީ އުރީދޫން ދިރާސާތަކެއް ކުރުމަށްފަހު ގެނައި ބަދަލު ތަކެކެވެ.

ނިޔާޒް ވިދާޅުވީ، އަނެއް މަހަށް ޑޭޓާ ގެންދެވޭ ގޮތަށް އަދި ހަމަޖެހިފައި އޮތީ މޯބައިލް ޑާޓާ ބޭނުން ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

"ފައިބާގެ ޑޭޓާއެއް، އަދި އަޅުގަނޑުމެންނަކަށް އެ ލެވެލްއަކަށް ދާން ނުވިސްނަން، ފިކްސްޑް ބްރޯޑްބޭންޑް ޑޭޓާ އަކީ ޝެއާޑް، ޑޭޓާ، ގޭގެ އެންމެން ބޭނުން ކުރާ ޑޭޓާއެއް ވީމަ އަޅުގަނޑުމެން މިހާރު ބެލި ބެލުމަކަށް ނުހުރޭ ގެންދާނެ އެއްޗެއް، ބާކީ ހުރި އެއްޗެހި ގެންދެވޭނީ، އެއްޗެއް ހުރެގެންތާ"،

ނިޔާޒް ވިދާޅުވީ، އެހެންވެ ބޮޑަށް ފޯކަސް ކޮށްފައިވާނީ ބޮޑެތި ޕެކޭޖްތަަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ށުކުރިއްޔާ

    10
    5
  2. ޙހހހ

    ވެއްޖެދޯ މިހާރު ، އަޅެ އަތުން އެއްޗެހިތަކެއް ދިޔަތަ

    9
    1
    • ހައް ހާ

      ނޭންގެ މަށަކަށް

  3. ޝީން

    600 މަތި ޕެކޭޖް 😭

  4. ދަރަނި ދަންތުރަ

    ވަކިބަޔަކަށް ދިނީމަ އިންސާފެއްނޫން ހަމަ މަހުޖަނުން މަހުޖަނުންނަށް ތިޔަހަދަނީ 400 ރުފިޔާގެ ޕެކޭޖުވެސް ހިމަނާ