ސަރުކާރުން އިތުރު ލޯނުތަކެއް ނަގަން ވެލާނާގެ އާއި އޮލިމްޕަސް ރަހުނުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގުކުރައްވައިފިއެވެ.
އެ ދެ އިމާރާތުގެ ބިން ރަހުނުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިިމިފައިވާ ކަމަށް ފިނޭންސްގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކި މުއައްސަސާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކުން ހޯދަން ޖެހޭ ލިޔުން ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެ އޮފިޝަލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވއެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު އަމީރު "ވަގުތު" އަށް ވިދާޅުވީ، އެއްވެސް އިމާރާތެއް ރަހުނު ކުރަން ނިންމާފައިނުވާ ކަމަށެވެ.
"އެއްވެސް އިރެއްގައި ރަހުނު ނުކުރެވޭ އެއްވެސް އިމާރާތެއް" އަމީރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ކަންތައް ހިނގާ ގޮތް ފިނޭންސްގެ މުވައްޒަފުންނަށް މާ ރަނގަޅަށްވެސް އެނގޭނެ ކަމަށެވެ.
ވެލާނާގެ އާއި އޮލިމްޕަސް ރަހުނު ކުރަން އުޅޭ ވާހަކަ ސަރުކާރުން ދޮގުކުރިއިރު ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނު ކުރަން އުޅޭކަމަށް ފުރަތަމަ އަޑު ފެތުރުމުން އެކަން ވެސް ފިނޭންސް މިނިސްޓްރީން ދޮގު ކުރިއެވެ. ނަމަވެސް ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓަކަށް ބޭނުންކޮށްގެން، ބޭރަށް ވިއްކި ސުކޫކުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދާފައެވެ.
ސަރުކާރުން 100 މިލިއަން ޑޮލަރު ހޯދާފައިވަނީ މިދިޔަ އަހަރު ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރި ވެގެން އިޝޫކުރި 200 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ. މި ސްކޫކް އިޝޫކުރީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް މުދަލެއްގެ ގޮތުގައި ރަހުނުކޮށްފަ އެވެ. މިފަދަ ސްކޫކް އިޝޫކުރާނަމަ އިޝޫކުރާ ސްކޫކުގެ އަދަދުގެ 51 އިންސައްތަ އަގު ހުރި މުދަލެއް ހުންނަން ޖެހެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ އިގްތިޞާދަށް ގޮންޖެހުންތައް ކުރިމަތިވެފައި ވާއިރު ދަރަނިތައް ފޫބައްދަން ދަރަނި ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ހަމަ ތިހެން ބުނި ދަރުމަވަންތަ ހޮސްޕިޓަލޭ ކިޔާފައި. ނިމުނުގޮތް ފެނުނު.
ޢަމީރު ބުނި ހޮސްޕިޓާ ވެސް ވިއްކާ ނުލާނޭ. ތީ ދޮގު ވެރިއެއް މަކަރު ވެތި ޤައުމަށް ޤައްދާރު ވާ މީހެއް
ތިިދޮގު ކުރިވާހަކަ މާދަމާ ހަ ދާން ހުންނާނެ ބާ ؟
ބަލަ ކަލޭ ކުރިންވެސް ބުނި، ދަރުމަވަންތަވެސް އެއީ ދޮގެކޭ؟ ކާކު މިހާރު ކަލޭމެން ތިބުނާ ދޮގަކީ ތެދެއްކަމަށް ގަބޫލު ކުރާނީ. ދުވަހަކުވެސް އާންމުމީހަކު ބުނާ އެއްޗެއް ކަލޭމެން ތެދެއް ނުކުރޭ މިހާަތަނަކަށް. ރަނގަޅަށްވިއްޔާ މިހަރު އޮންނާނީ ފައިސާވެސް ނަގާފަ
އަމީރު އެބުނާހެން ރަހުނެއް ނުކުރޭ. ކުރީ ހަމަ އެކަނި " އަލް މުލާޖީ ބިން އިލާޖީ އައްރަހްނީ" ކިޔާ އެއްޗެއް. އެއީ ހަމަ އެކަނި ލާރި ނުދެއްކޭ ހާލަތެއްގައި އެތަން ދޫކޮށްލަން އެއްބަސްވުން.
މީ ޓެކްޓިކްއެއް ހަދާގޮތަކީ ފުރަތަމަ ނުރަސްމީކޮން ލީކު ކޮއްލަނީ ޕަބްލިކުން ރިއެކްޓް ކުރާގޮތެއް ބަލަން. އެކަމެއް ކުރިއަށް ގެންދާނީ ނޫނީ ދޮގު ކުރާނީ ރިއެކްޝަންއަށް ބަލާފަ
ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު.ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު.ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު.ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު.ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު. ދަރަނި ސަރުކާރު. ލޯނުނަގާސަރުކާރު.
މިހާރު އެނގިއްޖެ އެއި ތެދެއްކަން
ދޮގެކޭ ކިޔާނޭ...
ދެދުވަސްވާނޭ..
ރަހުނު ކުރާނޭ..
ސަާލިހު ރައީސާއި އަމީރު ރަހުނުކުރެޭ
މިސޮރައް މާކަންކަން އެގިގެން އައީ އެކަމަކު މިސޮރައް ވަންޏާ ކާފަގެ ޖަގިޔާވެސް ވިކާލާނެ