ބަދިގެތެރޭގައި ބޭނުން ކުރާ ރެޕޮކް ބްރޭންޑުގެ މޮޅު އެލްމިނިއަމް ފޮއިލް ސޮއްޓިބިޒް އިން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

އެފްޑީއޭއިން އެޕްރޫވްކޮށްފައިވާ މި ފޮއިލްއަކީ ކާއެއްޗެހި ބޭނުން ކުރާއިރު ރައްކާތެރި ފޮއިލެކެވެ.

އާއްމުކޮށް އެލްމިނިއަމް ފޮއިލް ބޭނުންކޮށް އުޅެނީ ބާބަކިޔު ހެދުމަށެވެ. ކާއެއްޗެހީގައި ފޮއިލް އޮޅާފައި އަލިފާނުގެ ތެރެއަށް ލާއިރު އޭގެ ސަބަބުން ނުރައްކަލެއް ދުމާނުވާ ފޮއިލެއް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. ރެޕޮކް ބްރޭންޑުގެ މި ފޮއިލް އަކީ އަލިފާނުގެ ތެރެއަށް ލި ނަމަވެސް އެއިން ކާއެއްޗެއްސަށް އެއްވެސް ކަހަލަ ނުރައްކަލެއް ފޯރާ ފަދަ ފޮއިލެއް ނޫނެވެ.

ރެޕޮކް ބްރޭންޑުގެ އެލްމިނިއަމް ފޮއިލް އެހެން ބައެއް ކަންކަމުގައި ވެސް ބޭނުން ކުރެވޭނެއެވެ. އެގޮތުން، ކެއުމަށްފަހު ބާކީ ހުންނަ ކާއެއްޗެހި ރައްކާ ކުރުމަށާއި ކެއްކުމުގައި ވެސް މި ފޮއިލް ބޭނުން ކުރެވިދާނެއެވެ.

މި އެލްމިނިއަމް ފޮއިލް ބަންދުކޮށްފައިވާ ފޮށިގަނޑަކީ ފޮއިލް ކަފާނެ ކަޓާއަކާއެކު އިންނަ ފޮއްޓެކެވެ.

ރެޕޮކް ބްރޭންޑަކީ ވެސް އޭގެ ޒާތުގައި ކޮލިޓި ރަނގަޅު މޮޅު ބްރޭންޑެކެވެ. ކާބޯތަކެތި ރައްކާ ކުރުމަށް ބޭނުންވާ ތަފާތު ބާތަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރޭ މި ބްރޭންޑަކީ ކައްކާއިންގެ މެދުގައި ވެސް މަގުބޫލު ބްރޭންޑެކެވެ.

ސޮއްޓިބިޒް އިން ރެޕޮކް އެލްމިނިއަމް ފޮއިލް ލިބޭ އަގުތައް

- 30 ސެންޓިމީޓަރުގެ 8 މީޓަރު ރޯލު: 35ރ.
- 45 ސެންޓިމީޓަރުގެ 5 މީޓަރު ރޯލު: 4.
- 450 މިލި މީޓަރުގެ ރޯލު: 245ރ.

މި ފޮއިލް ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށް 7449955އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ.