ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް، އޫދް އަލް ސަބަޔާއިން ދެ ޖިންސަށް ހާއްސަ ވަރަށްވެސް މީރުވަސް ދުވާ ލޯޝަނެެއް ރާއްެޖެއަށް ނެރެފިއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަބަޔަކު ގަޔާވާ އަތަރް ބްރޭންޑް ކަމަށްވާ އޫދް އަލް ސަބަޔާއިން މިއަދު ނެރުނު މި ލޯޝަންގެ ނަމަކީ ސަބަޔާ ރޯސް ފޯ ޔުނިސެކްސްއެވެ.

މިއީ ގިނައިރު ވަސް ހުންނަ، ވަރަށްވެސް މީރުވަސް ދުވާ ކޮލެޓީ ލޯޝަނެކެވެ.

އޫދް އަލް ސަބާޔާއިން ބުނީ، މިރޭ 8:00 އިން ފެށިގެން މިރިޔަސް މަގުގައި ހުންނަ އެ ބްރޭންޑްގެ ފިހާރައިން މި ލޯޝަން ލިބެން ހުންނާނެ ކަމަށެވެ.

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، ދެ ހަފްތާ ތެރޭގައި މުޅިން އާ ޕްރޮޑަކްޓެެއް ނެރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް މަޝްހޫރު ބްރޭންޑްތަކުގެ އަތާރައި ސެންޓް އަދި ލޯޝަންގެ އިތުުރުން އަމިއްލަ ބްރޭންޑްތަކުގެ ގިނަ އުފައްދުންތައް ނެރެ، ވިއްކަމުން އަންނަ އޫދް އަލް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ.

އޫދް އަލް ސަބާޔާގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި، އަތަރާއި ސެންޓާއި. ލޯޝަންގެ އިތުރުން އެއާ ފްރެޝްނާ ހިމެނެއެވެ. އަދި މި އުފެެއްދުންތައް ވަރަށް ބޮޑަށް ދިވެހިންގެ ތެރޭގައި މަގްބޫލުކަން ފާހަގަކޮށްލަން ޖެހެއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. އަދި ހުޅުމާލެ ފިހާރަ ހުންނާނީ ހުޅުމާލޭގެ އާ ޕޮލިސް ސްޓޭޝަން ހިންގަމުންދާ ހިތިގަސް މަަގުގައެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.