މި އަހަރުގެ ތިންވަަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 55.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމު ކުރި މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް 484.61 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް ލިބުނު އާމްދަނީއަށް ވުރެ އިތުރު އަދަދެކެވެ.

ދެ ވަނަ ކުއާޓާގައި އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 423.32 މިލިއަން ރުފިޔާއެވެ.

ތިން ވަނަ ކުއާޓާގައި ޓެކުހަށް ކަނޑާފައި ސާފު ފައިދާގެ ގޮތުގައި 55.6 މިލިއަން ރުފިޔާ ލިބުނު އިރު، ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބިފައި ވަނީ 63 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ކޮންޓްރެކްޓު މަސައްކަތްތަކުން ކަމަށެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ހިންގުމުގެ ހަރަދު ކުރީ، ދެ ކުއާޓާއާ އަޅާ ބަލާ އިރު ވަނީ މަތިވެފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދު 36.7 މިލިއަން ރުފިޔާގައި ހުރި އިރު ދެ ވަނަ ކުއާޓާގައި 42.6 މިލިއަން ރުފިޔާ ހަރަދުވިއެވެ.

ތިން ވަނަ ކުއާޓާގައި ހަރަދު ވަނީ 56.7 މިލިއަން ރުފިޔާ އަށް އަރައިފައެވެ.

އެމްޓީސީސީގައި ތިންހާހެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، އެކުންފުނިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިވަގުތު 86 މަޝްރޫއެއް ކުރިއަށް އެބަގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމާއި އެއާޕޯޓު އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމާއި މަގުތައް ހެދުން ފަދަ މަޝްރޫއުތަކެވެ. ތިން ވަނަ ކުއާޓާގައި މީގެތެރެއިން 10 މަޝްރޫއެއް ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ.

އަދި ތިން ވަނަ ކުއާޓާގައި އަލަށް 15 މަޝްރޫއެއް އެމްޓީސީސީއާ ހަވާލު ކުރިއިރު 10 މަޝްރޫއެއްގެ އަމަލީ މަސައްކަތް މި ކުއާޓާގައި އަލަށް ފެށުނެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ރިކޯޑު އާމްދަނީއެއް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަޒީ

    އެމްޓީސީސީއަކީ ވާދަވެރި ވިޔަފާރިއެއްގައި ކުރިއަރާ ބަޔެއްނޫން.. އެމީހުންނަކީ ތިބިތާ ތިއްބާ ސަރުކާރުން ޕުރޮޖެކްޓާއި ފައިސާ ދޭބަޔެއް. ދައުލަތުގެ ބިން ނަގައިގެން އެމީހުން އެތިބެނީ ހިލޭ އެއްވެސް ކުއްޔެއް ނުދައްކާ. ނުވާތާކައް އިންޖީނު ވިޔަފާރީގަވެސް އަދި ވެހިކަލް ވިޔާފާރީގަވެސް އޮތީ ފެއިލްވެފަ. ދެން ސަރުކާރުގެ ޕީއެސްއައިޕީ ޕުރޮޖެކްޓުތައް އެއްވެސް ވާދަވެރިކަމެއް ނެތި ހަވާލުކޮއްގެން ހިންގާފަ މިބުނަނީ ސާފުފައިދާއޭ. ކަމެއް ކުރެވޭނަމަ މިއޮތް ހާދުވަހުވެސް ބޭރުގައުމެއްގެ ބޮޑު މަޝްރޫއަކައް ބިޑުކޮއް ކާމިޔާބުކޮއް ކޮލިޓީ މަސައްކަތެއްކޮއް ވިޔަފާރިގެނެސްބަލަ.

  2. ސައި

    ހިހޫތަނުން ކައިގެން އުޅޭބަޔަކު ކޮން ފައިދާއެކޭ ކިޔާކައް. ކަލޭމެންނައް ފައިސާއާއި މަޝްރޫދެނީ ސަރުކާރުގެ ބަޖެޓުން އެއްވެސް ވާދަވެރިކަމެެއްނެތި.

  3. އަހްމަދު

    ކުންފުންޏައްފައިދާ ވާކަމައްބުނާއިރު ހިއްސާދާރުންނައްއޭގެފައިދާ ނުކުރާނަމަ ކުންފުނީގެބޭނުމަކީ ކޮބައިބާ