ޒުވާނުންގެ މެދުގައި މަގްބޫލު ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯއަކީ އެންމެންނާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓެކެވެ. ގިނަ އަދަދެެއްގެ ޒުވާނުން އެތަނަށް ކޮފީއަށާއި، އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ދާކަން ފާހަގަކުރެއެވެ.

އަދި އެތަނުގެ ކަރޯކޭ ރޫމަކީ ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު އަދި އެންމެ ބާރުބޮޑު އެއް ތަނެވެ.

ވޮޑަމުއްލާ ކަރޯކޭ ރޫމް ގިނަ ޒުވާނުންގެ މެދުގައި ހާއްސަވާ ސަބަބުތައް ބައިވަރެވެ. އެގޮތުން އާއިލާ އާއި ރައްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަ ކުރެވެއެވެ. އަރާމުކޮށް ތިބެވޭގޮތަށް ސޯފާވެސް ޖަހާފައިވާތަނަކަށް ވާތީ އެތަނުގައި އެތައް ވަގުތެއް ޒުވާނުން ހޭދަ ކުރެއެވެ.

ވޮޑަމުއްލާއިން ބުނީ ކަރޯކާ ރޫމް ބުކް ކުރާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެއްގެ ދަށުން ކުރިއަށް އޮތް ތިން މަހު ގަޑިއިރަކަށް ނަގާނީ 200 ރުފިޔާ ކަމަށެވެ.

ވޮޑަމުއްލާގެ ހިތްގައިމު ކަރޯކޭރޫމްގައި އުފަން ދުވަހުގެ ހަފްލާތައްވެސް ބާއްވާ

އެ ކަރޯކޭ ރޫމަކީ މިހާރު ތަފާތު ހަފްލާތައްވެސް ބާއްވާ ތަނަކަށް ވަނީ ވެފައެވެ. އެހެންވެ އެތަން ވަރަށް ބާރުވެސް ބޮޑެވެ.

ހުޅުމާލެ ޕްލެޓިނަމް ކައިރި ހުންނަ މި ރެސްޓޯރެންޓްގެ ކަރޯކޭ ރޫމް ބުކް ކުރުމަށް ގުޅާނެ ނަމްބަރަކީ 7651313އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާހް

    ސުބްޙާނަﷲ . ﷲ ޙަރާމްކުރެއްވި ކަންކަން އެކިއެކި މޮޅުނަންނަމުގައި އެެޖެންޑާ19 ގެ ދަށުން ފާޅުވަންފެށީ ދޯ؟ ތިޔަ ތަނަށް ﷲގެ ކޯފާއެއް ނުލެއްވިއްޔާ ރަނގަޅު! ގައުމުގެ ޅަފުރާގެ ޒުވާން ޖީލު ފަނާވެދަނީ! މަގުމަތިން ޒުވާނެއް ފެނުނަސް އެމީހުންގެ މޫނު މަތިންނާ އުޅުމުން ފެންނަނީ ބަޔާންކޮށްދޭން ނޭންގޭ ހިތްދަތި ކަންތައް . އުޅުމާ އަޚްލާޤުގެ ކަންފުޅެއްވެސް ނުހުރޭ! މި ސަރުކާރުގައި ތިބީ ވެސް މި ބާވާތުގެ އަޚްލާޤީގޮތުން އެެއްވެސް ކަންފުޅެއް އޮތްބައެއްނޫން! މީ ބިރުހުރި ވެރިކަމެއް!ކޯފާއެއް މިގައުމަށް އައިސްފައި. ސުބްޙާނﷲ

    9
    2