ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަނގަކޮށް ކޮންމެ އަހަރަކު ދެވޭ 'ގޯލްޑް 100' އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބައިވެރިވެއްޖެއެވެ.

'ގޯލްޑް 100' އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާޢިއުކުރާ ލިސްޓެކެވެ.

ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނަރަކަށް މިއަހަރުވެސް ބީއެމްއެލް - ފޮޓޯ: ބީއެމްއެލް

ރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު ބޭންކުން ވަނީ ވީހާވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ބޭންކުން ވަނީ ފަތުުރުވެރިކަމުގެ ސިނާޔަތައް ހާއްސަކޮށް ޝޯޓް-ޓާރމް ފައިނޭންސިންގ ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންގތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ވަނީ ކޮވިޑް ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ދޫކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑިންގ ހޯދާފައެވެ. ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވޭތުވެދިޔަ 2020 ވަނަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ކްރޮސްރޯޑުގައި ރޭ ބޭއްވުނު ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރިތުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ހިމެނިފައެވެ.

ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން 'ކޯޕަރޭޓް މޯލްޑިވްސް' އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު