ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެެންމެ މަޝްްހޫރު އަތަރް ބްރޭންޑް ކަމަށްވާ އޫދް އަލް ސަަބާޔާއިން އަންހެނުންނަށް ހާއްސަކޮށް އާ އަތަރެއް ނެރެން ތައްޔާރުވެއްޖެއެވެ.

މި އަތަރްގެ ނަމަކީ "ކުއީން"އެވެ. މިރޭ 8:00 ޖަހާއިރުން ފެށިގެން އޫދް އަލް ސަބާޔާގެ މާލެ ފިހާރަ އާއި ހުޅުމާލެ ފިހާރައިން މި އަތަރު ލިބޭނެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މަގްބޫލުކަން ހޯދި އޫދް އަލް ސަބާޔާއަކީ ރާއްޖެއަށް އަމިއްލަ އުފެއްދުންތައްވެސް ތައާރަފް ކުރަމުން އަންނަ ކުންފުންޏެކެވެ. އެެގޮތުން މިހާތަަނަށް އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި، ޕާފިއުމް، ލޯޝަނާއި، އެއާ ފްރެޝްނާ ތައާރަފްކޮށްފައި ވެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި ޕާފިއުމް އެކުންފުނިން ރާއްޖެއަށް ތައާރަފްކޮށްފައި ވެއެވެ.

އޫދް އަލް ސަބާޔާގެ ހުޅުމާލެ އައުޓްލެޓް

އޫދް އަލް ސަަބާޔާގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، މިރޭ ނެރޭ މި އަތަރަކީ އަންހެނުންނަށް ވަރަށް ވެސް މީރު ވަސް ދުވާ އަތަރެއް ކަަމަށެވެ.

"ވަރަށް މީރުވަސް ދުވާ ފޮނި ވަހެއް ހުންނާނީ މި އަތަރުގައި، އެއް ދުވަސް ވަންދެންދެން މަދު ވެގެން ވަސް ހުންނާނެ ކަމުގެ ޔަގީންކަން ދެން". ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާގެ ހުޅުމާލެ އައުޓްލެޓް

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އަދި ހުޅުމާލެ އައުޓްލެޓް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު ގޯޅި ދޭއްގައެވެ.