ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން 2022 ވަނައަހަރުގެ ރޯދަ ސޭލް މިއަދު ފަށައިފިއެވެ.

ރެޑްވޭވް އިން މިއަދު ބުނީ، ރެޑްވޭވް ރޯދަސޭލް ދުރާލާ މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި ތިބި ރެޑްވޭވް ގެ ކަސްޓަމަރުންގެ އެދުމަތިން ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމްސްތަކުން ބޮޑެތި ޑިސްކައުންޓުތައް ދޭނެ ކަަމަށް ރެޑްވޭވުން ބުނެފައި ވެއެވެ.

މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވެނީ ނަސީބުވެރި ފަރާތްތަކަށް ކަނޑައެޅިފައިވަނީ ބޮޑެތި ފައިސާގެ އިނާމުތައް ކަމެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާއިރު ، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000ރގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.

އަދި މީގެ އިތުރުންވެސް ރެޑްވޭވް ބްރޭންޑް ތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެއެވެ.

ރެޑްވޭވުން ބުނީ ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ހިފާގެންގުޅޭ ސާމާނު ނަން ހުސްކޮށް މިޕްރޮމޯޝަންގެ ތެރޭން ލިބިގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، މީޑިއާގައި ރޯދަ ސޭލްގެ ގިނަ ޕްރޮމޯޝަންތަކެއް ހިންގާނެ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު މުދާ އެންމެ ހެޔޮއަގުގައި ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދާ އެއް ޕްރޮމޯޝަންކަން ފާހަގަކޮށްލަން ޖެހެއެވެ.