ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމަށް ހޯދައިފައިވާ ރަސްލީ ސުޕާރީ ދެގުނަ ބޮޑު އަގެއްގައި މާލޭގެ ބައެއް ފިހާރަތަކުން ލިބެން އެބަހުއްޓެވެ.
މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރަސްލީ ސުޕާރީގެ އަގު އުފުލިފައިވާއިރު ރަސްލީ ސުޕާރީގެ އަގު އުފުލުމާއި ގުޅިގެން ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން އަށްވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ރަސްލީ ސުޕާރީއަށް މަރުދޭ އެތަށް ހާސް ބަޔަކު އުޅޭއިރު ރަސްލީ ސުޕާރިއަށް ލޯބިކުރާ ފަރާތްތަކުގެ މޫނުމަށްޗަށް މޮޅިވެރިކަން ގެނުވީ މިދިޔަ މަސްތެރޭގައި ރަސްލީ ސުޕާރި މާލެއިން ހުސްވެ އެއްގޮތަކަށްވެސް ރަސްލީ ސުޕާރި ނުލިބުމުންނެވެ.
ކިއު ހަދާފައި ރަސްލީ ސުޕާރި ގަންނަން ކަންމަތީ ފިހާރަތަކާއި ސުޕަމާޓްތަކަށްދާ ފަރާތްތަށް ކަރު އެލުވާލައިގެން ފިހާރައިން ނުކުންނަން ޖެހުނީ ހުސްއަތާއެވެ. ގަވައިދުންކާ ބޭހެއްފަދަ ރަސްލީ ސުޕާރި ނެތް ކަމުގެ ދެރަ ހަބަރާއި އެކުގައެވެ. މިދިޔަ މަސްތެރޭގައި މާލޭގެ ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ ދެން ރާއްޖެއަކަށް ރަސްލީ ސުޕާރިއެއް އެތެރެެ ނުކުރާނެކަމަށެވެ. އެއީ އެ ބްރޭންޑްގެ ސުޕާރި ހަދަމުން އަންނަތަނުން އެކަން ހުއްޓާލާތީކަމަށް އަޑު ފެތުރިފައިވާކަމަށް ބައެއް ވިޔަފާރިވެރިން އެއިރު ބުނެފައިވެއެވެ.
ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ރަސިލީ ސުޕާރީ މިވަނީ ރާއްޖެއަަށް އެތެރެކޮށް ވިއްކަން ފަށާފައެވެ. މާލޭގެ ގިނަ ކަންމަތީ ފިހާރަތަކުން ރަސްލީ ސުޕާރި ލިބެން ހުރި ރަސްލީ ސުޕާރިއަށް އޮންނަ ޑިމާންޑް ވަރަށް ބޮޑުކަމަށް ވިޔަފާރިވެރިން ބުނެއެވެ. ރަސްލީ ސުޕާރިއަށް އޮތް ބޮޑު ޑިމާންޑާއި އެކު ރަސްލީ ސުޕާރީގެ އަގު އަނެއްކާވެސް މިވަނީ އުފުލިފައެވެ. އެގޮތުން މިހާރު ރަސްލީ ސުޕާރިއެއް ފޮށްޓެއް ލިބެން ހުރީ 100 ރުފިޔާއަށެވެ. ވަކިން ނަމަ ދެ ރުފިޔާއަށެވެ.
ޕާކިސްތާންގެ އުފެއްދުމެއް ކަމަށްވާ ރަސިލީ ސްޕާރީގެ އަގު އުފުލެމުން ދާ ސީދާ ސަބަބެއް ކަށަވަރުވެފައި ނުވާއިރު ޕާކިސްތާންގެ ސިއްހަތާއި ބެހޭ އޮފިޝަލުންގެ އެދުމުގެ މަތިން ސްޕާރީ އުފެއްދުމުގެ ޤަވައިދުތައް މިއަހަރު ވަނީ ހަރުކަށި ކުރަން ފަށާފައެވެ. އެއީ ސްޕާރީގެ ސަބަބުން ސިއްހަތައް ލިބޭ ގެއްލުންތައް އިތުރުވަމުންދާތީއެވެ. އެހެންކަމުން ބެލެވެނީ ސްޕާރީގެ އަގު އުފުލެމުން ދަނީ ޑިމާންޑާއި އެއްވަރަށް މިހާރު ސްޕާރީ ސަޕްލައި ނުކުރެވޭތީއެވެ.
މިދެން ހަމަ ކޮންމެހެން ކާންޖެހޭ އެއްޗެއްތަ؟.. ތިޔަނޫން އެއްޗެ ހަމަ ނެތީތަކާންވެސް އަދި ވަޤުތުން އިސްތިހާރު ކުރަން...
ބޭސިކް ނެސެސިޓީއެއް ހެން ހީވަނީ
އާނ ހަމަކާން ޖެހޭ އަސަރެއް ކުރާނީ އިނގިއްޖެ
ކާކަށް އަސަރެއްކުރާނެކަމަށް. ކާމީހަކަށް ނުރަނގަޅު އަސަރެއްކުރާނީ. މާ ގައްޑާވެފަ އަސަރެކޯ ކުރާނީ. ހިތުން ނިކަން ސިއްހަތަށް ފައިދާހުރި އެއްޗެއް ތީ ކާން.
އާ. ކާނޖެހޭ އެއޗެއ އެއީ
1 ރުފިޔާއަށް ރަސިލީ ސްޕާރީއެއް ވިއްކަން ފެށި ފަހުން މަށަށް ރަސިލީ ނުބައި ވެއްޖެ. މިހާރު އެއްގޮތަކަށްވެސް ކާހިތެއް ނުވޭ.
ހަހާ...ނަސީބެއްނުން...
އަހަރެމެން ހިލޭދިނަސް ތިޔަ ރަސްލީ ސުޕާރީނުކާނަން އަދި ތިޔަށްވެރެންވެސް އަގު ބޮޑު ކުރީމައި އަހަރެމެން އުފާވާނެ
ކަލެޔަށް އެ ހިލޭދޭކަށް ނޫޅޭ އެކަކުވެސް.. ?
މަގޭ އުމުރުން 38 އަހަރު..ތިއެއް ދުވަހަކުވެސް ނުކަން.
ތިކަންދެން ހުއްޓަންވީދޯ. ތިޔަނޫނަސް ބޭނުންވެ ނުލިބޭ އެއްޗިހި ހުރޭއެންނު.
އެފް.ޑީ.އޭ އަދި ހެލްތް މިނިސްޓްރީއިން ސުޕާރީ، އަޖިނަމޮޓޯ އަދި ސިނގްރޭޓް ފަދަ ސިއްހަތަށް ގެެއްލުންހުރި އެއްޗެހި ރާއްޖެ އެތެރެކުރުން މާނާ ކުރަން އިލްތިމާޒު ކުރަން.
ޒިންމާ ނާގާ!!
ތިހެން ކިޔަންޏާ އެންމެފުރަތަމަ ބޭންކުރަންވީ ހަކުރު. އާދައިގެ ހުދު ހަކުރަށްވުރެ ވަކި ސިއްހަތަށް ގެއްލުންހުރި އެއްވެސް އެއޗެއް ނެތް.
ފައިސާއަށް ބޫތު ކައިފަ ތިބޭ މީހުންނަށް ތީތި ވިއްކުމުގެ ބާރު ލިބުނީމަ ވާގޮތް. އެންމެން ތިޔަށް ނޫނެކޭ ބުނޭ.
ނަސީބެއްނުން، ތިކަމާ ހިތް ދަތިވެގެން ކާއެއްޗެއްވެސް ނުދިރޭތާ ވީދުވަހެއް ނޭންގޭ، އެކަމު ކޮންފިހާރަޔަކުކަން ނުބުނީމަ ދެރައީ، އެހެނަސް ތި ހަބަރުން ދުވަސް އުޖާލާވެއްޖެ، އަދި ކިރިޔާ ވަގުތަށް ތި ގެނެވުނީ އޮއްޓަރު ހުރި ހަބަރެއް
ރަސިލީ ވަރެކެ ނެތި
ދެން މިވީގޮތުން ގޭގަ ކައްކާ ކާއެއްޗެހިވެސް އެޑިކްޓުވާގޮތައް ތައްޔާރު ކުރަން މިޖެހުނީ.އެހެންޏާ ފަހެ އެއްވެސް ފައިދާއެއް ނުވާ ސުޕާރީއާއި ސިނގިރެޓާއި ދުންފަތް އަދި އެނާޖީ ޑްރިންކްސް ބޯންވެގެން މިމީހުން މިތިބެނީ މަރުދޭވަރުވެފަ.
ރާއްޖެ އެތެރެކޮށް ވިއްކުން މަނާ އެއްޗެއްގެ ގޮތުގައި ސުޕާރީ ހިމަނާނީ ކޮން ދުވަހަކުންތޯ؟ އެއްވެސް ފައިދާއެއްނެތް ކުޑަކުދިންނަށްވެސް އިންތިހާގެއްލުން ލިބޭ އެއްޗެއް.
ދެން ނުގަންނާނަން. ޑިމާންޑް އޮތްކަން އެނގުނީމަ އެއްކަލަ ވިޔަފާރިވެރިން ނިކަމެތިން ފެލާލަލީ.
މިދެން ބޮޑުވަރު. ޙީވަނީ މީހުން ގިނައިން ގަންނަ އެއްޗެހި އަގުބޮޑު ކުރީމަ އެއްފަހަރާ މުއްސނދިވަނީހެން.
މަޝްހޫރު ހުރިހައި ސުޕާރީ ތަކެއް ރާއްޖެއަށް އެތެރެ ކުރަނީ ޕާކިސްތާނުން. އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ސުޕާރީ އުފައްދާ ކުންފުނިތަކަށް ތިންމަސް ދީފައި އޮތީ ގަވާއިދު ހަރުދަނާ ކުރެވެންދެކަށް އިއިރު އޮތް އޯޑާރު ތަކަށް އުފެއްދުމަށް . އެކަމަކު މިހާރު އެގައުމުން އޮތީ ސުޕާރީ އަކީ ސިއްހަތަށް ނުހަނު ގެއްލުން ދޭ އެއްޗެއް ކަމަށްވާތީ ހުއްދަތަށް މުއްދަތެއެްނެތް ގޮތަށް ފަސްކޮށްފައި. އެހެން އޮތްވާ މިހާރު ގެނެސްގެން އުޅޭ ރަސިލީއަކީ އަފްގާނިސްތާނުގައި އުފައްދައިގެން ޕާކިސްތާނަށް ސްމަގުލް ކުރުމަށް ފަހު ރާއްޖެއަށް އެތެރެކުރާ ފޭކް ސްޕާރީއެއް. ރާއްޖެއަށް ސްޕާރީ އެތެރެ ކުރާ ތަނުގެ ވެރިން ނަކީ މީގެ ކުރީގައި ކަޅުހަންތަކުގެ ފުލުގައި އެޕޯލޯނަމުގައި ވަގުޑޮލަރު އެތެރެކޮށްގެން ރާްއްޖޭގެ ބޮޑެތި ނޫސްތަކަށް އަރާފައި ތިބިބައެއް. އެހެންވީމާ މިވަރު ކަމެއް އެމީހުން ނުކުރާނެއެކޭ ބުނާނެ އެކަކުވެސް ނުހުންނާނެ.
ތި ހައިރާންވާ އަގުގަ ހަމަ ސިގިރޭޓު، ސޮސެޖް، އެނާޖީ ބުއިން، ކޯކް ކަހަލަ ގެއްލުންހުރި އެއްޗިހި ވިއްކަން ވީނު. ކޮންޓްތޯލޭ ކިޔާ އެއްޗެއްވާނެ ގައިމުވެސް.. ސުޕާރީ އެކަންޔެއްނޫން ކޮންޓްރޯލް ކުރަންވީ. ވަރަށް ހެއްވާ ވިސްނުމެއްގެ ބަޔެއް މި ރާއްޖޭގަ އުޅޭނީ. އަސްލު ވާގޮތަކީ ވިޔަފާރި ވެރިންނަށް ފައިދާކުރަން ހަމަ.
މި ސުޕާރީގައިވެސް އެއަށް ދެވިހިފާ ފަދަ މާއްދާއެއް އެކުލަވާފައި ހުރެެއެވެ. އެހެން ކަމުން ގަދަ ހިތްވަރާއެކު މީގޭން ސަލާމަތްވާން މަސައްކަތް ކުރުން ބުއްދިވެރިއެވެ.
ސިގިރޭޓް ޢަގު ކުޑަ ކުރީމަ ވޯޓު ލާނީ...
އޮރިޖިނަލް ރަސްލީ ބޭނުމީ. ފޭކެއް ބޭނުމެއް ނޫން.