ރާއްޖޭގައި ތަރައްގީކުރި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް، "އޮންލީ ބްލޫ" ހުޅުވައިފިއެވެ.

'އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓާއި އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި ރިސޯޓާ ދޭތެރޭގައި އަޅާފައިވާ އެ ރެސްޓޯރަންޓު ހުޅުވާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ރެސްޓޯރަންޓަކީ ކަނޑު އަޑީގެ ދިރުންތައް އެންމެ ފުރިހަމަ އަށް ފެންނަ އެއް ރެސްޓޯރަންޓަށް ވާނެ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައިވެއެވެ.

'އޮންލީ ބްލޫ' ގެ އެތެރޭގެ ފޮޓޯ އެއް

މި ރެސްޓޯރަންޓަށް ދެވެން އޮންނަނީ ދެ ރިސޯޓުގެ ދޭތެރޭ އަޅާފައިވާ ލަކުޑި ފާލަމަށް އަރައިގެންނެވެ. ރެސްޓޯރަންޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ކަނޑު އަޑީގެ 6.8 މީޓަރުގައި ތިބެގެން ކެއުމަށް އިންސާފު ކުރެވޭނެއެވެ. އަދި އެތަނުގެ ބަދިގޭގައި ޝެފުން ކާން ތައްޔާރު ކުރާ ތަން ވެސް ފެންނާނެއެވެ.

އެ ރެސްޓޯރަންޓުގެ ޑައިނިން ރޫމުގެ ބޮޑުމިނުގައި 190 އަކަ މީޓަރުގެ ޖާގައާ އެކު 46 ގޮނޑި ހިމެނެއެވެ.

ދެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލޯންޗެއްގައި ދާން 15 މިނެޓު ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު