މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވް އިން ހުޅުމާލޭގައި ހިންގާ ރެޑްވޭވް މެގަ މޯލް އަދި ރެޑްވޭވް ސިޓީ ސްކޮޔާއިން ބޮޑު އީދަށް ހާއްސަކޮށް އެތައް ވައްތަރެއްގެ އަންނައުނު ގެނެސް ވަރަށް ހެޔޮ އަގެއްގައި ވިއްކަން ފަށައިފިއެވެ.

މިދިޔަ ކުޑަ އީދުގައިވެސް އެންމެ ހެޔޮ އަގެއްގައި އީދަށް ހާއްސަ، ރީތި އަންނައުނުތައް ލިބުނީ ރެޑްވޭވް މެގަ މޯލްއިންއިންނެވެ. ރެޑްވޭވް އިން ދޭ ޔަގީންކަމަކީ ރާއްޖެއިން ބޭރަށް ދަތުރު ކޮށް އީދަށް ހެދުން ގަތުމުގެ ބަދަލުގައި އެ ފިހާރައިން އީދަށް ހެދުން ގަންނަން އައުން މާ ރަނގަޅުވާނެ ކަމެވެ.

ރެޑްވޭވް މެގަ މޯލްގެ ދެވަނަ ފަންގިފިލާ، އަންނައުނުން ފުރާލާފައި - ވަގުތު އިމޭޖްސް

އެންމެ ތުއްތު ކުދިންގެ އަންނައުނުން ފެށިގެން އެންމެ ބޮޑެތި މީހުންނަށްވެސް ހާއްސަ އަންނައުނުތައް ރެޑްވޭވް މެގަ މޯލްއިން ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި އެކި ޑިޒަައިންތަކުގެ ހެދުމާއި، ޖީންސާއި، ޓޮޕާއި، ގަމީސް، ފަޓުލޫނު، ކުޑަކުދިންނަށް ހާއްްސަ ހެދުމާއި، އަބާޔާ އާއި އެނޫންވެސް އެތައް ބާވަތެއްގެ އަންނައުނުގެ އެކި ސައިޒްތަކާއި، އެކި ވައްތަރުތައް އެ ދެ ފިހާރައިން ލިބެން އެބަހުއްޓެވެ.

ރެޑްވޭވް މެގަ މޯލްގެ ދެވަނަ ފަންގިފިލާ، އަންނައުނުން ފުރާލާފައި - ވަގުތު އިމޭޖްސް

އަންނައުނުތަކުގެ އިތުރުން، އެއާއެކު ބޭނުން ކުރެވޭނެ ބޭންޑާއި، ފަށާއި، އަދި އެނޫންވެސް ގުޅުން ހުރި ސާމާނުވެސް ނަން ހުސްކޮށް އެތަނުގައި އެބަހުއްޓެވެ. އަދި ދަބަހާއި ރީތިވާ ސާމާނުވެސް އެބަ ހުއްޓެވެ.

ރެޑްވޭވް މެގަ މޯލްގެ ދެވަނަ ފަންގިފިލާ، އަންނައުނާއި އެނޫންވެސް ގުޅުން ހުރި ބާވަތްތަކުން ފުރާލާފައި - ވަގުތު އިމޭޖްސް

މި ހުރިހާ ބާވަތެއްގެ ތަކެއްޗަށް އެ މޯލްގެ ދެވަނަ ފަންގިފިލާ އަދި ސިޓީ ސްކޮޔާގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވެއެވެ.

ރެޑްވޭވް މެގަ މޯލްގެ ދެވަނަ ފަންގިފިލާ، އަންނައުނުން ފުރާލާފައި - ވަގުތު އިމޭޖްސް

ރެޑްވޭވްގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި، ރެޑްވޭވް މެގަ މޯލް އާއި ސިޓި ސްކޮޔާގައި އީދަށް ހާއްސަކޮށް ގެނެސްފައިވާ އަންނައުނުތަކަށް ވަރަށް ތަރުހީބު ބޮޑެވެ.

ރެޑްވޭވް މެގަ މޯލްގެ ދެވަނަ ފަންގިފިލާ، އަންނައުނުން ފުރާލާފައި - ވަގުތު އިމޭޖްސް

މިއާއެކު އެންމެ ފާހަގަކޮށްވޭ ކަމަކީ އަބަދުވެސް އާ ވެރައިޓީތައް އަންނަމުންދާނެ ކަމެވެ.

އޭގެ އިތުރުން އެ ދެ ފިހާރައިގައިވެސް ކޮންމެ ހުކުރު ދުވަހަކު އަންނައުނަށް ހާއްސަކޮށް ސޭލްއެއް ކުރިއަށް ދާނެއެވެ.

ރެޑްވޭވް މެގަ މޯލްގެ ދެވަނަ ފަންގިފިލާ، އަންނައުނުން ފުރާލާފައި - ވަގުތު އިމޭޖްސް

އެހެންކަމުން ލަސްނުކޮށް އަަވަހަށް އެ ފިހާރައަށް ޒިޔާރަތްކޮށް އީދަށް ގަންނަން ބޭނުންވާ ހާއްސަ އަންނައުނުތައް ގަންނަން ދާންވީއެވެ. ޔަގީނުންވެސް ރެޑްވޭވް މެގަ މޯލްގައި ލިބެން ހުރި އަންނައުނުތައް އަގުހެޔޮވެފައި ކޮލިޓީއެވެ.

ހަމަ ޔަގީނުން ވެސް އެތަނުން އެއްޗެއް ގަންނަން މީހެއް މާޔޫސްވާކަށް ނުޖެހޭނެއެވެ.