ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މިނާގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ޚާއްޞަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ނަމަވެސް ބައްދަލު ކުރެއްވުމުގެ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜައްޔިތުނިހާ

    ގަމާރު ތަންދޮރު ނުދަންނަ ޖާހިލުން ހައްޖަން ގޮސްް ހާރިޖި ބައްދަލުވުން ތަކުގައި އަޅުކަން ދޫކޮށްލާފައި ބީތާ

    14
  2. ޙަދިސައިބު

    ޢަރަފާތު ބިމުގައި އިދެގެންވެސް 2023 އަށް ފައިސާ ލިބޭތޯ މަރުފަލިޖަހަނީ، ސުވަރުގެ ލިބޭތޯ ﷲ ގެ ހަޒުރަތުގައި އާދެސް ކުރެވޭތޯ ބަލާބަލަ!

    14
  3. ކޮރަލް

    ހައްޖަށް ގޮސް އަދާ ކުރާނީ ހައްޖުގެ އަޅު ކަމެވެ. ވިޔަފާރި ދަތުރުގަ ވިޔަފާރި ވާހަކަ ދައްކާ ނީ އެވެ.

    14
  4. އިޔާޒު އަހްމަދު

    މީ ދެން ދެރަވަރު ނިޔަތް ގަތީ ހައްޖައް ނޫންކަން ވަރަށް ސާފު. ދަތުރު ކޮށްލަން ފައިސާ ކޮޅެއް ލިބޭތޯ އެ ބަލަނީ. އިބޫ އަކީ ނުބައި ނުލަފާ މީހެއް