ފާސްޓްފުޓް ރެސްޓޯރެންޓް މެކްޑޮނަލްޑްސް، ރަޝިއާގައި ކުރަމުން އައި ވިޔަފާރި ހުއްޓާލައި، އެގައުމު ދޫކޮށް ސަބަބުން މެކްޑޮނަލްޑްސްއަށް ލިބުނު ފައިދާ ދަށަށް ގޮސްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަންގާރަ ދުވަހު އާންމުކުރި މެކްޑޮނަލްޑްސްގެ އަހަރީ ރިޕޯޓުން ހާމަވިގޮތުގައި ރަޝިޔާގައި ހުރި އެ ކުންފުނީގެ ހުރިހާ ރެސްޓޯރެންޓެއް ބަންދުކުރުމުން ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ. އެމެރިކާގެ މި ރެސްޓޯރެންޓް ޗެއިން އިން ވަނީ ޗައިނާ ފިޔަވައި އެހެން ބޮޑެތި ގައުމުތަކުގައި ވިޔަފާރިކޮށްގެން ބޮޑު އާންދަނީއެއް ހޯދާފައެވެ.

ރަޝިޔާގައި ކާމިޔާބެއް ނުލިބުނު ކަމުގައިވިޔަސް ޔޫރަޕްގެ އެހެން ގައުމުތަކުގައި ވަރުގަދަ ޕާފޯމަންސެއް ދެއްކި އިރު، އެ ޗެއިންގައި ފްރާންސާއި ޖަރުމަނު ހާއްސަކޮށް ވަރުގަދަ މާކެޓުތަކުގެ ގޮތުގައި ފާހަގަކުރި އެވެ.

މެކްޑޮނަލްޑްސްގެ ފައިދާ އަށް މިފަހަރު 1.2 ބިލިއަން ޑޮލަރު ލިބުނު އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 46 އިންސައްތަ ދަށް އަދަދެކެވެ.

އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން އެ ކުންފުންޏަށް ލިބިފައި މިވަނީ ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން މެކްޑޮނަލްޑްސް އިން ރަޝިއާގެ ވިޔަފާރި ކުއްލިއަކަށް ބަންދުކުރުމާ ގުޅިގެން ނެވެ.

މިހާރު މެކްޑޮނާލްޑްސްގެ ބަދަލުގައި ރަޝިޔާގައި އާ ފާސްޓް ފުޓް ޗެއިންއެއް ފަށާފައިވާއިރު އެތަންތަނުގައި މެކްޑޮނަލްޑްސްގެ ބައެއް ތަކެތި ބްރޭންޑުގެ ނަން ކަނޑާފައި ވިއްކަމުންދާކަން ފާހަގަ ކުރެވެއެވެ. އަދި އެތަންތަނަށް މީހުންގެ ޝައުގުވެރިކަން އުފެއްދުމަށް ކާއެއްވެހިވެސް ވިއްކަމުންދަނީ ވަރަށް އަގުހެޔޮކޮށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ނަންނަމުގައި އެކި ފެންވަރުގެ ފާސްޓްފުޑް ރެސްޓޯރެންޓުތައް ހުރިއިރު މެކްޑޮނަލްޑްސް އަކީ ވަރަށް މަޝްހޫރު ފާހަގަ ކޮށްލެވޭ ފުޑް ޗެއިންއެކެވެ.

ކިޔުންތެރިންގެ ހިޔާލު