ދުނިޔޭގެ މަގްބޫލު ސެންޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ، ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަގްބޫލު އަތަރް ބްރޭންޑް "އޫދް އަލް ސަބާޔާ" އިން ލުއިސް ވިޓާންގެ އެންމެ ފަހުގެ ކަލެކްޝަންގެ ޕާފިއުމްގެ އަތަރް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އޫދް އަލް ސަބާޔާއިން އެންމެ ފަހުން ތައާރަފްކޮށްފައި ވަނީ ލުއިސް ވިޓާން ކަލެކްޝަންސްގެ ޑާންސިންގ ބްލޮސޮމް ޕާފިއުމްގެ އަތަރެވެ. މިއީ ދެ ޖިންސަށް ހާއްސަ ވަރަށް ވެސް މީރުވަސް ދުވާ އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ.

ލުއިސް ވިޓާން އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ބްރޭންޑެކެެވެ.

އޫދް އަލް ސަބާޔާއަކީ އަމިއްލަ އެތައް އުފެއްދުމެއްގެ އިތުރުން، މަގްބޫލު އެތައް ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެ ގެނެސް ވިއްކަމުން އަންނަ ބައެކެވެ. އެތަނަށް ވަރަށް ގިނަ ދިވެހިން ދާ ސަބަބަކީވެސް އަތަރާއި، ޕާފިއުމާއި، ލޯޝަނާއި، އެއާ ފްރެޝްނާ ފަދަ މީރުވަސް ދުވާ އަމިއްލަ އުފެއްދުންތައް ލިބެން ހުންނާތީއެވެ. އަދި އެ ބްރޭންޑްގެ އުފައްދުންތަކުގެ ވަސް ރަނގަޅުވެފައި ގިނަ އިރު ވަސް ހުންނާތީވެސް ދިވެހި މި އުފެއްދުންތަކަށް ވަރަށް ލޯބި ކުރެއެވެ.

އޫދް އަލް ސަބާޔާ އިން ބުނީ، މި ބްރޭންޑްގެ ޕާފިއުމް ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު، މިރެއިން ފެށިގެން މި ވައްތަރުގެ ޕާފިއުމް އެ ބްރޭންޑް ދެ ފިހާރައިން ލިބޭނެ ކަމަށެވެ.

އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ. އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގު (އިހުސާން ފިހާރަ މަގު)ގައެވެ. އަދި އޫދް އަލް ސަބާޔާ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅު މަގު، ގޯޅި 2 (މެރެތަން ޝޮޕް) ޖެހިގެންނެވެ.