ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަަރީ ބޯނަސްގެ ގޮތުގައި 25،000ރ ދޭން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުން އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެއްކޮށް މަސައްކަތްކޮށް ވަޒީފާ އަދާކޮށްފައިވާ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަހުގެ ގޮތުގައި 25،000ރ ދިނުމަށް ހަމަޖެހިފައިވާ އެ ސާކިއުލާގައި ވެއެވެ.

އަދި މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ކުންފުނީގެ ވަޒީފާގައި އެ އަހަރު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނައި، އެ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންނަށް ބޯނަސް ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިބަތުން ކަމަށެވެ.

ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން އެ އަހަރު ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފުންނަށް އެ އަހަރުގެ ބޯނަސް ނުލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި މިދިޔަ އަހަރުގެ ބޯނަސް ފައިސާ މި މަހުގެ 18ގެ ކުރިން މުވައްޒަފުންގެ އެކައުންޓަށް ޖަމާވާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ،.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    މިވަރު ފައިދާ ވާ ތަނެއް އަންނި އިންޑިޔާ އަށް ދީފި އެވެ.

    20
    • އަހަންމާކަލޯ

      ރަނގަޅު ވާހަކައެއް ކޮވިޑް ލޮކްޑައުންގަ ވެސް ހުސް މިތަނުން ރައްކާކޮށްފަ ހުރި ޑޮލަރު ބޭނުން ކުރީ، އަޖައިބުވޭ އަދިވެސް އެއީ ކުރެވުނު މޮޅު ކަމެއްކަމަށް ދައްކަނީ، ފަހުން ފަހުން އައިސް ދައުލަތުން ލާރި އެމީހުންނަށް ދޭން ޖެހެނީ އެތަނަށް ކުރި ހަރަދެއް ކުރީ އެތަން މޯގޭޖް ކޮއްގެން ނެގި ލާރީގަ، އެގޮތަށް ރާއްޖޭއްގެ ކުންފުނިތަކަށް ވެސް ކުރެވިދާނެ ހަމަ

      3
      1
  2. އަފީ

    މީގެ ކުރިން ތިޔަ ބޯނަސް ނުދެވުނަސް ރައީސް ޔާމީން ވަނީ ބުރަ މަސައްކަތުން ދިވެހީންގެ އެއަރޕޯޓަށް މިލިއަނުން މިލިއަނުން ފައިދާވާ ވަރުގެ މަސައްކަތް ކޮށްފައެވެ. މިއަދު ތިޔަ ލިބެނީ އެކަމުގެ ފޮނި ރަހައެވެ، ސުކުރިއްޔާ ރައީސް ޔާމީން......ހަބޭސް!

    5
    3
    • ވިސްނާމީހާ

      ވަކި ރައިސްއެއް ކޮއްދެއްވި ކަމަކުން ނޫން ހަމަ ހުރިހާ ރައިސުންގެ ވިސްނުން ފުޅުން ރައްޔިތުންގެ މަސަތްކަތުން... މިގޮތަށް ކުރެޑިޓް ދޭން މާ ހައްގެއް ނޫންތޯ ރައިސް ނާސިރު ގައިމު މަށަންދަތި ހިއްޕައިގެން އަމިއްލަފުޅަށް ވެސް މަސައްކަތް ކުރެއްވި އެތަން ވުޖޫދަށް ގެންނަވަން އެކަމަކު ނޫން މިއަދު މިހިސާބަށް އާދެވުނީ ހުރިހާ ވެރިންގެ މަސައްކަތްޕުޅުން އެކްސެޕްޓް ރައީސް ނަސީދު...

      • ހަކީމު

        ހަހަހަހަހަހަހަހަހަހަހަހަ