ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިވެންޓް ކަމަށްވާ "ނޭވާ 2" އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

"ފްރީޑައިވް މޯލްޑިވްސް" އިން ހިންގާ "ނޭވާ 2" އިވެންޓަކީ އަނެއްކާވެސް ރާއްޖޭގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އެރުވުމަށް ހިންގާ ބޮޑު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ހަރަކާތުގައި 459 ޑައިވަރުން ބައިވެރިވެއެވެ. މި ހަރަކާތުގައި ޑައިވަރުން ރާއްޖޭގެ 12 ސަރަހައްދަކުން ބައިވެރިވެ މޫދު އަޑީގައި ދެ މިނިޓެއްހާ ވަގުތު ހޭދަކޮށްފައި ވެއެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ނޭވާ 2 އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ހަރަކާތް ރަސްމީކޮށް ފެށީ މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ހަރަކާތް ފައްޓަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި މި ހަރަކާތުގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ވަނީ ބައިވެރިވެޑައިގަންނަވާފައެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ނޭވާ 2 އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކްރޮސްރޯޑްސްގައި އެކަނި މި އިވެންޓްގައި 152 ޑައިވަރުން ބައިވެރިވިއެވެ.

އިވެންޓް އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެއް ހަރަކާތެވެ.

މި ހަރަކާތުގައި ބައިވެރިން މަސައްކަތް ކޮށްފަައި ވަނީ އެންމެ ގިނަ ބަޔަކު ވެގެން އެއް ފަހަރާ ސްޓެޓިކް އެޕްނިއާއެއް ނުވަތަ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ހަދައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާށެވެ.

އެގޮތުން މި ރެކޯޑް ހެދުމަށް ބައިވެރިން މޫދު އަޑީގައި ނޭވާ ނުލާ ދެ މިނިޓެއްހާ ވަގުތު ހޭދަކޮށްފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ 2019 ވަނަ އަހަރު ވެސް ފްރީ ޑައިވް މޯލްޑިވްސްއިން "ނޭވާ" ގެ ނަމުގައި ބޭއްވި ފްރީ ޑައިވިން ހަރަކާތް ވަނީ ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑު ފޮތަށް އަރުވާފައެވެ. އެ ހަރަކާތުގައި ބައިވެރިވެ، ރިކޯޑު އާކުރީ 521 މީހުން ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނި ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑައެލޯގް

    މިކަހަލަ ރައްޔަތުންނަށް ފައިދާއެއްނެތް ބޭކާރު ކަންކަންކޮށްގެން އެމްޑީޕީގެ ވެރިކަމުގައި މުޅިންވެސްބަލާނީ ދުނިޔޭގެ ފޮތުންޖާގަހޯދޭތޯއެވެ. މީގެކުރިން އަންނިވެސްވަނީ އަޑީގައި މީޓިންގ ބާއްވާފައެވެ. ތިރެކޯޑް ހެދުމުން 2 ކަމަކުން ޖާގަލިބޭނެއެވެ. އެއީ ތިޔަކަމުންނާއި %100 އިސްލާމީ ގައުމެއްގައި 250 މީހުން އަލަންގިރިކާރިއަށްދިމުގެ ރެކޯޑެވެ.

    24
    9
    • އަލީ

      ބަލަ މިކަމުން ރާއްޖެ އިސްތިހާރު ވުމަކީ ރައްޔިތުންނަށްވާ ގެއްލުމެއްތަ؟ ގައިމު އެތައް ބަޔަކު މިކަމުގެ ސަބަބުންވެސް ރާއްޖެ އަންނާނެ. ބައެއް މީހުންނަށް ވިސްނޭނީ ނޭފަތު ކުރިއާ ހިސާބަށް. އެއީ މައްސަލައެއ ނޫން.

      13
      15
      • ޏާޒްނި

        އަލީއަށް އިނގޭތަ ރާއްޖެއޮތީ ދަރަނިވެރިވެފައިތިބި ގައުމުތަކުގެ ތެރެއިން އެންމެ ގަދައަށް އިސްތިހާރުވެފައިކަން.

        3
        3
      • މުބީނު މާރނީ

        ޢަލީ ގޮސް މާލޭގެ އެކި އަވަށް އަވަށުގެ ގޭގެއަށް ވަދެލަ ބަލަ، ކަރަންޓް ބިލާއި ފެނުގެ ބިލް ނުދެއްކި ނުދެއްކި އެއްލައްކަ އަށް ވުރެ ގިނަވެފަ އޮތީ ކިތައް ގޭގަތޯ ބަލާލަން. ބައެއް މީހުންނަށް ވަރިހަމަ، އެމީހުން އެކަނި ކައިގެން ތިބެވެނިކޮށް. ކޮން ނޭފަތު ކުރިއެއް؟؟؟ ނޭފަތުކުރިން ވިސްނާ މީހުންނަކީ އެމް.ޑީ.ޕީގެ ބޮޑުން. ރާނީގެ މަގުބަރާ އަށް މަޑިޔަކަށް ޖެހިބަލަ.

        1
        2
  2. ރަން ރީނދޫ

    ނޭވާ ހޮޅިން ވައްކަން ކުރުމުގެ ރެކޯޑް ހިންނަވަރު ކުޑަ މޯދީ އަށް ލިބިއްޖެ.

    4
    2
  3. ދެމިނިޓް

    ތިގޮތައް އަހަރެމެން ކުޑައިރު ފައޖެހޭ ހިސާބުގަ މޫނުއަޑިއައްލައިގެން ފަސްމިނެޓެއްހާއި ތިބެން ރެކޯޑްއަކައްނުވިޔަސް

    2
    1
  4. ދެމިނިޓް

    ތިގޮތައް އަހަރެމެން ކުޑައިރު ފައިޖެހޭ ހިސާބުގަ މޫނުއަޑިއައްލައިގެން ފަސްމިނެޓެއްހާއިރުތިބެން ރެކޯޑްއަކައްނުވިޔަސް

  5. ވިކިލީކްސް

    އިވެންޓުތައް ނުބާއްވައި ހަރަދު ކުޑަކުރަން ގޮވާފަ މިހެދީ ކިހިނެއް؟ ޓީޝާޓާ ބޯފެން ގަތުމަށް އެކަނި 1 މިލިއަނާ ގާތްކުރާ ވަރަށް ރުފިޔާ ބަޔަކަށް ދިން އަދި އިޝްތިހާރުތަކަށް 7 ލައްކަ ރުފިޔާ. ސާބަހޭ !!!

    3
    1
    • ހަމްދޫން

      ވިކިލީކްސް ތިހެން ބުނެގެން އަހަރެން ހަބަރު ބލާލިރުގަ ގޮގުލް ތައް ގަތުމަށާ މޫދު އާލާތްތަކަށް އެކަނިވެސް 2 މިލިއަން ރުފިޔާ. މިއީ ބޮޑު އިސްރާފެއް

      2
      2
  6. ހޭރެވޭ

    ލޮލް ސޯލިހު މެގަ ޕްރޮޖެކްޓެއް އެ ހިންގާލީ.....ކުޑަ މޯދީ އިސްތިއުފާ

    2
    1