މިހާރު ގަތަރުގައި ކުރިއަށްގެންދާ ވޯލްޑް ކަޕް 2022ގެ މެޗްތައް އާއްމުންނަށް ދެއްކުމަށް އެންމެ ބޮޑު ލެޑް ޕެނަލް އާއި އެކު އެޗްޑީސީން ކުރިއަށްގެންދާ "ބޯޅަ ފޯރީ"ގައި ފައިނަލް މެޗު ބެލުމަށް ދުރުވާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީ އާއި މީޑިއާ ނެޓާއި ގުޅިގެން މެޗް ބަލަން ދުރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމަށް ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފައެވެ. ހުޅުމާލެ ދެ ސަރަހައްދެއްގައި އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗުތައް އެޅުވުން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެއެވެ.

ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިއަށް ގެންދިޔުމަށްވެސް އެ އެޗްޑީސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު