ބޮޑު އީދާ ދިމާކޮށް ރެއިންބޯ އެންޓަޕްރައިޒެސްގެ ދަށުން ހިންގަމުން އަންނަ ރެއިންބޯ ލިވިންގ މޯލްއިން ބޮޑު ޑިސްކައުންޓަކާއެކު ހާއްސަ ސޭލެއް ފަށައިފިއެެވެ.

"އީދު ސޭލް" ގެ ނަމުގައި މިއަދު ފެށި އެ ސޭލުގައި ރެއިންބޯ ލިވިންގ މޯލް އިން ވިޔަފާރި ކުރާ ފަރާތްތަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯގެ އެ ފިހާރާގައި މިއަދު ފެށި ސޭލް ކުރިއަށްދާނީ ކުރިއަށް އޮތް 10 ދުވަހަށެވެ.

ރެއިންބޯ ލިވިންގ މޯލްގައި ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަަކުން ލިބެން ހުންނައިރު، ބޭނުން ޑިޒައިނަކަށް ބަދިގެ ސެޓް އަދި އަލަމާރި އެތަނުން ހަދައިދެއެވެ.

ހާއްސަ ދުވަސްތަކާ ގުޅުވައިގެން އަގުހުރި އިނާމުތަކެއް ކަސްޓަމަރުންނަށް ދޫކުރަމުން އަންނަ ރެއިންބޯ އިން ވަނީ މިއަހަރުގެ ކުޑަ އީދާ ދިމާކޮށް ކުޑަ މަސައްކަތެއް ކޮށްލައިގެން ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މިދިޔަ ރަމަޟާން މަހާއި ދިމާކޮށް ކޮންމެ ހަފްތާއަކު އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެތަނުން ކުރިއަށްގެންދިޔައެވެ.