މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް 8،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސް އެއް ދުވަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އެ ދުވަސް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު 8،028 ފަތުރުވެރިން ރާއްޖެ އައި ކަމަށެވެ. މިއީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން އެއް ދުވަސް ތެރޭގައި ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ ފަތުރުވެރިން ރާއްޖެ އައުމާ ގުޅިގެން ޓޫރިޒަމް މިިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން މީގެކުރިން ރާއްޖެ އައީ މިދިޔަ ޑިސެމްބަރު މަހުއެވެ. ޑިސެމްބަރު މަހުގެ އެ ދުވަހުގައި 7،000 ވަރަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ މަހު އެވްރެޖްކޮށް 5،500 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ނަމަވެސް މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަހަރު އެންމެ ގިނަ އިން ރާއްޖެ އަށް ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. ދެވަނައިގައި އިންޑިއާ އޮތް އިރު، ތިން ވަނައިގައި އޮތީ އެމެރިކާއެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާ އިންނެވެ. އިންޑިއާ އިން 241،369 ފަތުރުވެރިން ރާއްޖެ އައިއިރު، ދެވަނަ އަށް އެންމެ ގިނަ އިން ރާއްޖެ އައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެއީ 201،957 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން އައީ އިނގިރޭސި ވިލާތުންނެވެ. އެއީ 179،312 ފަތުރުވެރިންނެވެ.

ރާއްޖޭގައި 172 ރިސޯޓު ހިންގާއިރު، 880 ގެސްޓްހައުސް ހުރެއެވެ. އަދި 13 ހޮޓަލް ހިންގައެވެ. އަދި ރާއްޖޭގައި 157 ސަފާރީ އުޅަނދު ދުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލީ

    ރ.ޔާމީން ގެ ދުރުވިސްނުން ފުޅުގެ ސަބަބުން އެޅުއްވި އެއާޕޯޓަށް ޝުކުރިއްޔާ.

    13
    • އިބޫނާ

      ރައިސް އިބްރާހިމް ނާސިރު ގެ ދުރު ވިސްނުންފުޅު ހުޅުލެ އިންޓަރނެސަނަލް އެއަރޕޯޓް އަޅުއްވާ ރޭޑިއޯ މޯލްޑިވްސް އާއި ޓީވީ މޯލްޑިވްސް އުފައްދަވައި ކޭބަލް އެނޑް ވައަރލެސް ޓެލެކޮމިއުނިކޭސަން ގެންނަވާ ރިޔާ ދޯނި ތަކުގައި އިންޖީނު އަޅުއްވާ ހާއްސަކޮށް ޓުއަރިޒަމް ތާރަފް ކޮއްދެއްވާ އިނގިރޭސި ބަހުން ކިޔަވައި ދެއްވަން ފައްޓަވާ ތައުލީމަކީ ވަކި ދަރަޖައަކަށް އޮތް ކަމެއް ނޫން ކަމަށް ހައްދަވާ.....) ދިވެހި ދަރިން އެދަރި އަކަށް ސުކުރު އަދާ ކުރެވުނު ބާ؟؟؟

      2
      1
  2. ކާފަބޭ2020

    އަންނަފަތުރުވެރިންވަނީގިނަ ލިބޭއާމްދަނީވަނީއިތުރު ނަގާލޯނުވަނީއިތުރު އެހެނަސް ސަބަބުވެރިއިންސާނެއްގެ ވިސްނުމުންބަލާއިރު ރައިއްޔަތުންގެއަތުންސަރުކާރަށްނަގާބައި ދެގުނައިތުރުވާނަމަ ދެންހަކުރުއެބަގިނަވޭ! ސަބަބުވެރިއިންސާނާދެންހަދާނީ ކިހިނެއްތޯ؟

  3. އިސްޢާފް ސަލީމް

    ރައީސް ޔާމީންގެ، ފަތުރުވެރިކަމުގެ ދުރުވިސްނޭ ސިޔާސަތުގެދަށުން ބޮޑު ރަންވޭއެއް ހަދާފަ އޮތީމަ މިތިބަ ހަމަ ފޮނި ބޮއިބޮއިފަ ފޮނިކަނޑަނީ! ރާންވޭ ހަދަންފެށީމާ ، ޖައްރާފާއެއް ގެނައިމާ ، އިންޖީނުގެޔެއް އަޅާ ތެޔޮޓޭންކުތައް ހެދީމާ ، ހޮސްޕިޓަލެއް އެޅީމާ ، ރިންގްރޯޑެއް ހެދީމާ ، ބްރިޖެއްއަޅަންފެށީމާ ، މިސްކިތެއް އަޅަންފެށީމާ ، ފްލެޓްތަކެއް ހަދަންފެށީމާ ، ސީ ޕްލޭން ޓާމިނަލްއަކާ ، އާ ޓާމިނަލެއް ހަދަންފެށީމާ ، ފަރެއް ހިތްކަންފެށީމާ ، ބޯޓެއް ގެނައިމާ ، އެޔަށް މަލާމާތްކުރިމީހުން މިތިބީ ވެރިކަމުގައ! ލަދު ނުގަނޭބާ މިތަންތަނުން ނަފާ ހޯދަން؟

    10
    • ނެގުނުކަތީބު

      ހިހޫތަނުންކާން ލިބުނީމާ ހިތަކަށް މާލިއްޔަތު ދަވާލާ ދުވަހަކު ނުދަރާ ވަރަށް ރާއްޖެ ދަރުވާލާފާ ރައްޔިތުން ފެލަނީ.

  4. އަިޮލ

    ބަލަގަ ތީގެން އަހަރުންނަށް ވާ ފައިދާ ޔާ އެއްކޮށް ބުނެދީބަލަ

  5. އިބްރާހިމް

    ކީއްކުރާބައެއް. ގިނައިން އައިވަރަކަށް ޑޮލަރުގެ އަގު ދަނީ މަތިވަމުން އަނެއްކާ މެޝިންތަކުން އަންނަނީވެސް ހުސް ބާޑޮލަރު.

    2
    1
  6. އަލީ

    ރިކޯޑުގެ ވާހަކަ ދައްކާއިރު އިމިގްރޭޝަންގެވެރިއެއް ނުވަތަ ސަރުކާރުގެ ވެރިއެެއްގެ އިހްސާސެއްނެތް އިމިގްރޭޝަންގެ އެއާޕޯރޓް މުވައްޒަފުން ތިބިގޮނޑިން ހިއްލާ ނުލާ ތިމީހުން އެރެކުރަން ގޭނޭނެވަރު. ޝުކުރުގެ ބަހެއްހާ ހިސާބު ބުނެ ނުލާއިރު އެ މުވައްޒަފުންގެ ހައްގުތައްވަނީ ކަފުންކޮށްފަ.

  7. މމމީމު

    އެމްއޭސީއެލް މުވަޒަފުންގެ ޖީބައް ފައިދާއެއް ނުވޭ. ޑޮލަރުކަނޑާލިތައް އަދިވެސް ދޭކައް ނުފަށާ. ހަމަގޭނެނީ މުވަޒަފުން

  8. ޗާބޫކް

    ޝުކުރިއްޔާ ރައީސް ޔާއަމީނު
    ކުރއަށްދިވެހިރާއްޖެ 2023 އާސަރުކާރެއް އިންޝާﷲ