ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާ މި ހިނގާ މާރިޗް މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑު 8:15 ގައި ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށެވެ. ޖަލްސާގައި ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނީ:

ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން:

3 މާރިޗް ވާ ހުކުރު ދުވަހުގެ 14:15 އިން 19 މާރިޗް ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރޮކްސީންގެ ރެޖިސްޓްރޭޝަން:

3 މާރިޗް ވާ ހުކުރު ދުވަހުގެ 14:15 އިން 18 މާރިޗް ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް

14 މާރިޗްގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތު ވަނީ އަރުވާފައެވެ.

ދިރާގުން ވަނީ ޖަލްސާ މާލަމަށް ގޮސް ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރާ ހިއްސާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވޭނީ މާލާމަށް ހާޒިރުވެވޭކަން ނުވަތަ އޮންލައިންކޮށް، ބައިވެރިވުމަށް 19 މާރިޗްގެ 16:00 ގެ ކުރިން އަންގާ ފަރާތްތަކަށެވެ.

މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު