ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރި އެއަރޕޯޓަށް ރަސްމީ ދަތުރުތައް މާދަމާ ފަށަން ނިންމައިފިއެވެ.

މި އެއާޕޯޓް ހިންގަމުން ދާނީ ރީޖަނަލް އެއަރޕޯޓްސް އިންނެވެ. އިއްޔެ މި އެއަރޕޯޓަށް ޓެސްޓު ފްލައިޓް ވަނީ ޖައްސައިފައެވެ.

ރީޖަނަލް އެއަރޕޯޓްސް އިން ބުނީ، ޓެސްޓް ފްލައިޓް އޮޕްރޭޓްކުރުމުގެ ބޭނުމަކީ ރަންވޭގެ ކޮންޑިޝަން ޗެކް ކުރުން ކަމަށެވެ.

އެ ކުންފުނިން މައުލޫމާތުދިން ގޮތުގައި، ފާއިތުވެދިޔަ ދުވަސް ތަކުގެ ތެރޭގައި، އެއަރޕޯޓް ހުޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އެ ކުންފުނިން ޕްލޭނިންގ މިނިސްޓްރީ އާއި، ދަސާ އަދި ސިވިލް އޭވިއޭޝަން އާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައެވެ. އެގޮތުން، އެ ކުންފުނީގެ ޓީމަކާއި އެއްކޮށް، ދާސާ އަދި ސިވިލް އޭވިއޭޝަންގެ ޓީމެއް ސައިޓް އިންސްޕެކްޝަނަކަށް ފަރެސްމާތޮޑާ އެއަރޕޯޓަށް ދިޔަ ކަމަށް ބުނެފައި ވެއެވެ.

"މި އިންސްޕެކްޝަންގެ މައިގަނޑު މަގްސަދަކީ އެއަރޕޯޓްގެ އޮޕަރޭޝަން ފެށުމުގެ ކުރިން، އެއަރޕޯޓުގައި ބޭނުން ކުރެވޭ މެޝިންތަކަކާއި އަދި އެހެނިހެން ކަންތައްތަކަކީ ޑިފެންސް މިނިސްޓްރީ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އަދި ސިވިލް އޭވިއޭޝަންގެ ސްޓޭންޑަޑްއަށް ފެތޭ ގޮތަށް ތަރައްޤީކުރެވިފައިވާ އެއަރޕޯޓްއެއްތޯ ބަލައި ފާސްކުރުން".

އެ އެއަރޕޯޓް ރަސްމީކޮށް މާދަމާ އޮޕަރޭޝަނަށް ގެންނައިރު، އެ އެއަރޕޯޓަށް އޮޕަރޭޓް ކުރާނީ މޯލްޑިވިއަން އިންނެވެ. އެގޮތުން މިހާރުވެސް މޯލްޑިވިއަން އެޕް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ.

ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރި އެއަރޕޯޓް - ފޮޓޯ: އިޝްފާއު ފޭސްބުކް

އެ އެޕްގައި ހުރި މައުލޫމާތަށް ބަލާއިރު، ޓިކެޓްގެ އަގު އުޅެނީ ކޮޅަކަށް 1،574ރ އަށެވެ.

މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި، 16 މާރިޗް އިން 19 މާރިޗްއަށް އެ އެއަރޕޯޓަށް ޕްރޮމޯޝަން ފެއާގައި ދަތުރު ކުރެވޭނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރަން ފެށީ 2020 ވަނަ އަހަރު ނޮވެމްބަރުގައެވެ މިއީ ގދ. އަތޮޅުގައި ތަރައްގީކޮށް، ހިންގަމުންދާ ތިން ވަނަ އެއަރޕޯޓެވެ.

މި އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އަޅަން ބިން ހިއްކަން ފަށައިފި

މި އެއަރޕޯޓާކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ އެއް އެއާރޕޯޓެވެ. އަދި މިއީ މިހާތަނަށް ތަރައްގީ ކުރެވިފައިވާ އެންމެ ސްޓޭންޑާޑް ރަނގަޅު ޑޮމެސްޓިކް އެއަރޕޯޓެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރީޖަނަލް އެއަރޕޯޓްސް އުފެދުނީންސުރެއް އެކުންފުނިން ދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"އެ ކުންފުނިން ހަވާލުވި ގިނަ އެއަރޕޯޓްތައް ހުރީ ސިވިލް އޭވިއޭޝަންސް އިން ގަބޫލުކުރާ އެންމެ އެކަށީގެންވާ ހާލަތުގައެއް ނޫން. އެހެންނަމަވެސް، މިއަދު އެކުންފުނީގެ އެއަރޕޯޓް ތަކަކީ ޒަމާނީ ފެންވަރުގެ މެޝިންތައް ބެހެއްޓި، ސިވިލް އޭވިއޭޝަންސްއިން ގަބޫލުކުރާ މިންގަނޑަށް ގެނެވިފައިވާ އެއަރޕޯޓްތައް."، އެ ކުންފުނިން ބުނެފައި ވެއެވެ.

އަދި އެ ކުންފުނީގެ ދަށުން ބަލަހައްޓަމުން ދާ އެއަރޕޯޓްތަކަކީ މިއަދު ރައްޖޭގައި ހުރި ހުރިހާ އެއަރޕޯޓްތަކަކާއި އަޅާ ބަލާއިރު ރެގިއުލޭޓަރީ ސްޓޭންޑަޑްގެ ގޮތުން އެންމެ ރަނގަޅު އެއަރޕޯޓުތައްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން ރީނދޫ

    ޝުކުރިއްޔާ ރައީސް އަބްދުﷲ ޔާމީނު.

    6
    4
  2. Ahmed

    2018 ސެޕްޓެމްބަރ ވީމާ އެއީ ޔާމީނުގެ ވެރިކަމުގައިދޯ ؟؟؟؟

    6
    2
  3. އަމީނާ މޫސާ

    ތިއަގުގައި ޓިކެޓް ގަނެގެން ޢައިލާ ގޮވައިގެން މަތިން ދަތުރުކުރެވޭނެ ރާއްޖޭގައި ތިބީ ވަރަށް މަދުމީހެކެވެ. މިރާއްޖޭގައި އަގުތައް ތިރިއެއްނުވެއެވެ. ސަރުކާރުގެ އެންމެ ދަށުފަންތީގެ މުސާރައަށް ދެނީ 7000ރ އެވެ. އެއިން ޒަރޫރީ ހުރިހާ ބޭނުންތަކެއް ފުއްދާފައި ދަތުރުކުރެވޭނެހެއްެޔެވެ. އިންޓަރނެޓާ ޓީވީ އަދި ކަރަންޓު ބިލްތައް ކުޑައެއް ނުވެއެވެ. މިހުރިހާ އެއްޗެއް އިންތިހާއަށް ބޮޑުކޮށް ޖީއެސްޓީ އަތްނުފޯރާ ވަރުކޮށްފައި މައުމޫނާ ޔާމީނާ އަންނި އާ ވަޙީދު ވެރިކަމުގައި ނުނިމި ހުރި ބައެއް ކުދިރަށްރަށުގެ ފަޅުހަދާފައި މަމެންވަރެއްނެތޭ އަމިއްލައަށް ކިޔަސް އެކަން ބަލައެއް ނުގަނެވޭނެ. ތަފާތުކުރުންތައް އެހާބޮޑު. ޓީޗަރުންނަށް ނަރުހުން އިންތިހާއަށް މުސާރަބޮޑުކޮށް އިދާރީ މަޤާމުތަކުގެ މީހުން ބަނޑަށް ޖައްސަން އުޅޭ ސަރުކާރެއް. އެހެންޏާފަހެ ޑިގުރީ ހެދީމާ ޓީޗަރަކަށް 20000ރ ޕްރިންސިޕަލަށް 34000ރ އިދާރީ މީހަކު ޑިގުރީ ހެދިޔަސް އެންމެ 7000ރ ކީކޭ ބުނާނީ މިއުލޭ މަޖީސް މީހަކަށްވެސް މިކަންކަމެއް ނުފެނޭ. ފިހާރަތަކުން މިދާ ވިއްކަނީ އެންމެނަށް އެއްއަގަށް. 20000ރ ލިބޭ މީހާއަށްވެސް ކިރުޕެކެޓެއް ވިއްކަނީ 7000ރ ލިބޭ މީހާއަށްވެސް ލިބޭވަރަށް. މިހެންވުމުން ބައެއްމީހުން އުދުހިފާ އުޅޭއިރު އަނެއްބައި މީހުން މިޖެހެނީ ބިމަށް ބޯހަރައިގެން ދަރާވިކިގެން ލަދުން އުޅެން. މީ އިންސާފުތޯ. ސިވިލްސަރވިސް ކޮމިޝަން ތަސައްރަފު ނުފުދެންޏާ އިސްތިޢުފާދޭން ފެނޭ، މިވައްޒަފުންގެ ޙައްޤު ހޯދައިދޭންޖެހޭ.

  4. Ahmed

    ތިއެއަރޕޯޓް ކިތަންމެ ފުރިހަމަވިއަސް ދަތުރު ކުރާނެ ބަޔަކު ނުތިބޭނެ ، ގެޔާއި ބަދިގެޔާ ދޭތެރޭ ކާރެއް ބާއްވާގެން ބަރުގޮނު އެޅުން ކަހަލަ ކަމެއްތިޔައީ

    1
    1