ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަގުބޫލު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާގެ އަބަޔާ ބްރޭންޑް ނޫރް ބައި އޯއޭއެސް އިން އަބާޔާ އަށް ހާއްސަ ވަރަށްވެސް މީރު ވަސް ދުވާ ސްޕްރޭ އެއް ނެރެން ތައްޔާރުވެއްޖެއެވެ.

އަބާޔާއަށް ހާއްސަ ނޫރް ބައި އޯއޭސް ހުޅުވީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ ފިހާރައިން މޮޅު ކޮލެޓީގެ އަބާޔާ އާއި މޫނު ބުރުގާ ލިބޭނެއެވެ.

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، އަބާޔާއަށް ހާއްސަ މި ފިހާރައަށް އާ ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ 8:00 އިން ފެށިގެން އަބާޔާއަށް ހާއްސަ ވަރަށްވެސް މީރުވަސް ދުވާ ސްޕްރޭއެއް ނެރޭނެ ކަމަށެވެ.

"މިއީ ރާއްޖޭގައި ފުރަތަމަ އަބަޔާ ސްޕްރޭ ބްރޭންޑަށް ވެގެން ދާނެ. މިއީ ވަރަށް މީރުވަސް ދުވާ އަދި ގިނައިރު ވަސް ހުންނަ ޕްރޮޑަކްޓްކަށް ވެގެން ދާނެ.".

އެގޮތުން ފުރަތަމަ ނެރެން ނިންމާފައި ވަނީ ލޭޑީ ސަބާޔާ އަދި ކުއީން އެވެ. މިއީ އޫދް އަލް ސަބަޔާގެ އެންމެ މަޝްހޫރު ދެ ޕާފިއުމެވެ.

"ނޫރް ބައި އޯއޭއެސް އިން މި ނެރެެނީ އެ ދެ ވައްތަރު 250 އެމްއެލް ފުޅީގައި. އަދި މިއީ ގިނަ ދުވަހު ބޭނުންކޮށްލެވޭނެ ޕްރޮޑަކްޓަކަށް ވެގެން ދާނެ".

ނޫރް ބައި އޯއޭއެސްގެ ކޯ ފައުންޑަރ ފާތިމަތު ޝިފާޒާ ވިދާޅުވީ، އަބާޔާ ސްޕްރޭ އަކީ އިސްތިރު ކުރާއިރުވެސް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށެވެ.

"މިއީ އަރަބި ގައުމުތަކުގެ އަންހެން ވެރިން ބޭނުން ކުރާ އެއްޗެއް، އަބަޔާ ސްޕްރޭ ނެރެން މަސައްކަތް ކުރާ ތާ ތިން މަސް ވެއްޖެ. އަލްހަމްދުލިއްލާހް މި ނެރެވުނީ ރާއްޖޭގެ މާކެޓަށް.". ޝިފާޒާ ވިދާޅުވިއެވެ.

ނޫރް ބައި އޯއޭއެސް ފިހާރަ ހުންނާނީ މާފަންނު ދަކަންދާ މަގުގައެވެ.

ނޫރް ބައި އޯއެސްގެ ފޭސްބުކް ޕޭޖަށް މި ލިންކް މެދުވެރިކޮށް ވަދެވޭނެއެވެ. އެ ފިހާރައިގެ ނަމްބަރަކީ 9335757 އެވެ.