މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީ މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގާށެވެ.

ބިދޭސީންގެ އަތުން ނަގާ ފީތައް:

- ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15ރ.
- އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50ރ.
- ޓޫރިސްޓް ވިސާގައި ޕާކަށް ވަނަން ބިދޭސީއަކަށް 75ރ.
- ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500ރ.

ޕާކްތަކަށް ވަނަން ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައް:

- އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީން.
- ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުން.
- 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިން.

ކައުންސިލްގެ މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ޑިޕްލޮމެޓިކް ކާޑު އޮންނަ މީހުން އަތުން ވެސް އެއްވެސް ފީއެއް ނުނަހާ ގޮތަށް ހަދަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެނިންމުން އަދި ފާހެއް ނުކުރެެއެވެ.

ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުގެ ތެރެއިން 11 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟަަ

    ރަނގަޅު. ލަންކާއިން ވެސް ދިވެހިންގެ އަތުން ވަރަށް ބޮޑު ފީއެއް ނަގާ

    23
  2. ކަހުރަބު

    ވ ރަނގަޅު

    17
  3. ބޮނދު

    ބަނގާޅީނގެ އުނދަގޫ ކުޑަވެ ތުއްތުކުދިންގެ މައިންބަފައިންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭނެ. ސަޅިކަމެއް.

    23
    0
  4. ދަރަނި ދަންތުރަ

    ޑިޕޮލޮމެޓިކު ބޭފުޅުންގެ އަތުން ވީ އެންމެ ބޮޑު އަދަދެއް ނަގާ

    10
  5. ހުސްކުރާސޭލް

    މިފަހަރު މަހޮވިއްޖެއްްޔާ ބިދޭސީންއަތުން އެއްވެސްފީއެއްނުނަގާނަން. އަދި ރާއްޖޭގަތިބި ހުުރިހާބިދޭސީން މިލިއަނަރުންނަށް އެއްއަހަރުތެރޭ ހަދާނަން

    4
    3
    • ހަނޫމާން ސިންގް

      މަގޭ ވޯޓު ދޭނަން
      ނެއްތަ އެންމެންނަށް ޕީޕީ ދެވޭކަށް؟