ވިލާ ޓްރޭޑިންގެ ދަށުން ފެށި "ވިލާ މާޓު" ސުޕަމާކެޓް ޗެއިނުގެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައިން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ.

ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރުގައި މި ޗެއިންގެ މާޓެއް ހުޅުވީ މާލެ އަށް ފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަށް ހުޅުމާލެ ވެފައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، އެ ސަރަހައްދުގައި ތަކެތި ބައްލަވައިގަންނަވަން ބޭނުންވާ ކަސްޓަމަރުންނަށް ވީހާ ވެސް ކައިރިން، ފަސޭހަކަމާ އެކު ހިދުމަތް ދިނުމަށެވެ.

ވިލާ މާޓު 4 އަކުން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެ އެވެ. ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބޭނެއެވެ.

ދެވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓު ތެރޭގައި މީހަކު ތަކެތި ގަންނަނީ

މި މާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓު.އެމްވީ ވެބްސައިޓުންނާއި އެޕުން އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2 އަށް ޑެލިވަރީ ކޮށްދެއެވެ. އަދި، އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެއެވެ.

ވިލާމާޓްގެ ފަސް ފިހާރައެއް މާލޭގައި ހިންގަމުން ދެއެވެ. އޭގެ ތެރެއިން ހަތަރު ފިހާރައެއް މާލޭގައި ހިންގަމުންދާއިރު، އެއް ފިހާރަ ހިންގަމުން ދަނީ ހުޅުމާލެ ފޭސް ދޭއްގައެވެ.

ކިޔުންތެރިންގެ ހިޔާލު