ރާއްޖެެއަށް އަބަދުވެސް އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ގެނެސް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލް އިން އައިފޯން 15 ސީރީސްގެ ފޯނުތަކުގެ އަގު ހެޔޮކޮށްފިއެވެ.

އެ ފިހާރައިން މިއަދު ބުނީ، އެ ފިހާރައިން އައިފޯން 15 ސީރީސްގެ ފޯނުތަކުގެ އަގު ހެޔޮކޮށްފައިވާ ކަަމަށެވެ. އޭގެ އިތުރުން އެ ފިހާރައިން އެޕްލަގެ އެންމެ ފަހުގެ ގަޑި އާއި އެއާޕޮޑްގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ.

ބެސްޓް ބައި މޯބައިލް ފިހާރައަކީ ސެމްސަންގެ އެންމެ ފަހުގެ އުފެއްދުންތައްވެސް އެންމެ ހެޔޮ އަގުގައި ލިބޭނެ ފިހާރަކަން ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން އެންމެ ފަހުގެ ޕީއެސް5 ގޭމްތައްވެސް އެ ފިހާރައިން ލިބެމުންދާނެކަން ފާހަގަކޮށްލެވެއެވެ.

ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

ބެސްޓް ބައިއިން ވަނީ އިންސްޓޯލްމެންޓަށްވެސް ފޯނު ނެގޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު