ރާއްޖޭގައި ފުރަތަމަ ފަހަރަށް މައިޑީއާ ބުރޭންޑައަށް ހާއްސަ ޝޯރޫމް އެއް ހުޅުވައި މައިޑިއާގެ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެކޮށް އެކްސްލޫސިވްކޮށް ޑިސްޓްރިބިއުޓް ކުރަމުން އަންނަ އެސްޓާސްއިން އަށް ދުވަހުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިގޮތުން ކުރިއަށް އޮތް އަށް ދުވަހުގެ ތެރޭގައި މި ޝޯވރޫމަށް ޒިޔާރަތް ކުރާ ކަސްޓަމަރުންގެ ތެރެއިން، މި ޝޯވރޫމްގެ އެކި ތަންތަނާއި ޕްރޮޑަކްޓްތަކުގެ ތެރޭގައި ފޮރުވާފައިވާ ވައުޗާ ހޯދައިގެން އިނާމު ލިބިގެން ދާނެއެވެ.

"15 ވައުޗަރެއް އެކި ވައްތަރުގެ ޕްރޮޑަކްޓްސް، އެކި ކަހަލަ އިނާމުތަކެއް ލިބޭ ގިފްޓް ވައުޗާތަކެއް ހުންނާނީ ފޮރުވާފައި، މި ޝޯވރޫމް ހުޅުވާނެ ހެނދުނު 8:00 ޖަހާއިރު، 8:00 ޖަހާއިރު ހުޅުވާ އިރުގައި ހުންނާނެ ފަސް ގިފްޓް ވައުޗާ ޔަގީނުންވެސް ފޮރުވާފައި، 15 ވައުޗާ ދުވާލަކަށް މި އިންނަނީ، ދެން އިންނަ 10 ވައުޗާ ދުވަހުގެ އެކި ވަގުތުތަކުގައި ފޮރުވާއިރު ކޮންމެ ބޭފުޅަކަށްވެސް ލިބިދާނެ،". އެސްޓާސްގެ މާކެޓިންގ މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

މައިޑިއާގެ އާ ޝޯވރޫމް މާލޭގެ މަޖީދީ މަގުގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

މައިޑިއާއަކީ "މައި އައިޑިއާ" ގެ ކޮންސެޕްޓުން އެންމެ ފުރަތަމަ އިންސްޕަޔާވެގެން އުފެއްދި ބްރޭންޑެކެވެ. ކިޔާއިރު، "މައި ޑިއާ" ފަދަ އަޑެއް އިވޭ މި ބްރޭންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގޫބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

މައިޑިއާއަކީ ދުނިޔޭގެ އެއް ވަނަ އެއާ ޓްރީމެންޓް އަދި މޭޖަރ އެޕްލަޔަންސް މެނުފެކްޗަރާއެވެ. ހާއްސަކޮށް އެއާ ޓްރީޓްމެންޓް، އައިސް އަލަމާރި، ދޮންނަ މެޝިން، ބަދިގެއަށް ބޭނުން ކުރާ ބޮޑެތި އަދި ކުދި ހުރިހާ އެޕްލަޔަންސް އާއި މި ނޫނަސް އެތައް ޕްރޮޑަކްޓެއް މައިޑިއާއިން ދުނިޔޭގެ ބާޒާރަށް ނެރެފައި ވެއެވެ.

ގާތްގަނޑަކަށް 50.4 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވާ މިޑިއާ އަކީ ފޯޗޫން 500 ގައި ލިސްޓުކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު 500 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

މައިޑިއާގެ އާ ޝޯވރޫމް މާލޭގެ މަޖީދީ މަގުގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

166،000 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު 200 ގައުމެއްގައި ހިންގަމުން އަންނަ މި ބްރޭންޑްގެ 16 ގައުމެއްގައި 34 ޕްރޮޑަކްޝަން ސެންޓަރާއި ފެކްޓްރީތައްވެސް ހިންގަމުން ދެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މައިޑިއާގެ ޕްރޮޑަކްޝަން ލައިންތަކުގައި 1600 އަށް ވުރެ ގިނަ ރޮބޮޓް ބޭނުންކުރާ ކަމެވެ. މީގެ ސަބަބުން މަސައްކަތަށް ބޮޑު ފަސޭހައެއް ލިބި އޮޓޮމޭޝަން ރޭޓް 49 އިންސައްތައަށްވުރެ މައްޗަށް ދެއެވެ.

އަދި މައިޑިއާގެ ރެސިޑެންޝަލް އޭސީ ޑިވިޝަން ޗައިނާ، ވިއެޓްނާމް، އިންޑިއާ، ތައިލެންޑް، މިސްރު، ބްރެޒިލް އަދި އާޖެންޓީނާގައިވެސް ހިންގަމުންދާއިރު، 11 ފެކްޓްރީގައި 800 އަށް ވުރެ ގިނަ އިންޑަސްޓްރިއަލް ރޮބޮޓް ބޭނުންކުރެއެވެ. މި ޑިވިޝަނުން އަހަރަކު 67 މިލިއަން އާރުއޭސީ ސެޓް އުފައްދާއިރު، އެއީ ދުވާލަކަށް 180،000 އަށް ވުރެ ގިނަ އޭސީ ޔުނިޓެވެ.

މައިޑިއާގެ އާ ޝޯވރޫމް މާލޭގެ މަޖީދީ މަގުގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އޭގެ އިތުރުން ވީއާރްއެފް އޭސީގެ އެންއޯ1 އެކްސްޕޯޓަރުގެ ހައިސިއްޔަތުން މައިޑީއާއަކީ ޗައިނާގެ މާކެޓް ހިއްސާ އެންމެ ބޮޑު މާކެޓް ލީޑަރެވެ.

ރާއްޖޭގެ މައިޑިއާގެ ފުރަތަމަ ޝޯވރޫމް މާލޭގައި ހުޅުވިއިރު، މައިޑިއާ ވެގެން ގޮސްފައި ވަނީ މިހާރުވެސް ރާއްޖޭގައި އެންމެ ގިނަބަޔަކު ބޭނުން ކުރާ އެއް ބްރޭންޑަށެވެ. މިގޮތުން މައިޑިއާގެ ޕްރޮޑަކްޓްތައް މިހާރު އެއް ތަނަކުން ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެ ބްރޭންޑްގެ އެންމެ ކުދި ޕްރޮޑަކްޓްތަކުން ފެށިގެން އެންމެ ބޮޑެތި ޕްރޮޑަކްޓްތަކާއި ހަމައަށް މި ޝޯވރޫމުން ލިބިގެން ދާނެއެވެ.

މައިޑިއާގެ އާ ޝޯވރޫމް މާލޭގެ މަޖީދީ މަގުގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އެސްޓާސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް މާރކެޓިން ފިލިޕް ގަސްޓް ވިދާޅުވި ގޮތުގައި މައިޑީއާގެ ތަފާތު އަދި އިނޮވޭޓިވް ޕްރޮޑަކްޓް ރޭންޖް އެއް ފުރާޅެއްގެ ދަށަށް ގެނައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"މި ފިހާރައަކީ ހަމައެކަނި ރީޓެއިލް ސްޕޭސްއެއް ނޫން. އެއީ ކަސްޓަމަރުންނަށް ޔަގީންކަމާ އެކު ފެންވަރު ރަނގަޅު މުދާ ގަނެވޭނެ ތަނެއް". އޭނާ ވިދާޅުވިއެވެ.

މައިޑިއާގެ މި ޝޯވރޫމް ހުންނާނީ މާލޭގެ މަޖީދީ މަގުގެ ބޮނޑިބަތް ޕާކު ކުރިމަތީގައެވެ.