ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 100ޖީބީ ޑޭޓާ ޕެކްތަކާއެކު ފަސޭހަކަމާއެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ މި 100ޖީބީގެ ޑޭޓާ ޕެކްތަކާއެކު ދިރާގު ކަސްޓަމަރުންނަށް އެފަރާތްތަކުގެ އިންޓަނެޓްބޭނުންތަކަށް ބަލައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީއތަކަށް ބަލާ ޕެކޭޖް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ޑޭޓާ ޕެކްތަކަކީ:

100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
100ޖީބީ 5 ދުވަހުގެ މުއްދަތަށް 149 ރުފިޔާއަށް
100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

 

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިހާރު އިންޓަނެޓް އަތްފޯރާ ފަށުގަ އަގު ހެޔޮކޮއް ބޭނުމިއްޔާ މަހަކު 3 ދުވަހުގެ ފެކެއް ނަގަން މިޖެހެނީ.