އައްޑޫ ސިޓީން ބިސް ކޭހެއްގެ އަގު 350ރ އަށް ލިބޭއިރު، މާލެ އިން ބިސް ކޭހެއްގެ އަގު 600ރ އަށް އުފުލިއްޖެއެވެ.

މިއަދު މާލޭގެ ބާޒާރުގައި ބިހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބިހުގެ އަގު އުފުލެން ފެށީ މިއަދުން ފެށިގެން ކަަމަށް ބައެއް ވިޔަފާރި ވެރިން މައުލޫމާތު ދެއެވެ.

މިގޮތުން މާލޭގައި ބިސް ކޭހެއްގެ އަގު 600ރ އާއި 700ރ އާ ދެމެދުގެ އަގަކަށް އުފުލިގެން ގޮސްފައިވާއިރު، އައްޑޫގައި ބިސް ކޭހެއްގެ އަގު ލިބެނީ 350ރ އަށްކަން ފާހަގަކޮށްލެވެެއެވެ.

މާލޭގެ ބައެއް ފިހާރަތަކުގެ އަގުތަކަށް ބަލާއިރު، ބައެއް ފިހާރަތަކުން 400ރ. އާއި 500ރ. އާ ދެމެދުުގެ އަގެއްގައި ބިސް ކޭހެއް ވިއްކަމުން ދެއެވެ. މިިއީ މީގެ ކުރިން 325ރ. އާއި 350ރ. އާ ދެމެދުގެ އަގެއްގައި ވިއްކަމުން ދިޔަ ކޭހުގެ އަގެވެ.

މީގެ ކުރިން 1.50ރ އާއި 2ރ. އާ ދެމެދު ބިސް ލިބެމުންގޮސްފައިވާއިރު، މިއަދު ބިހުގެ އަގު ވަނީ 2.50ރ އަށް އުފުލިފައެވެ.

ބައެއް ވިޔަފާރިވެރިން މައުލޫމާތުދިން ގޮތުގައި ބިސް ކޭހުގެ އަގު ބޮޑުވެގެން އުޅެނީ ބާޒާރުގައި ލިބޭ މިންވަރު މަދުވުމުންނާއި، ބިސް ކޭހުގެ ޝިޕްމެންޓް އައުން ލަސްވެގެންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ބާޒާރުގައި އެއްޗެއް މަދުވާއިރަށް ރާއްޖޭގެ ވިޔަފާރިވެރިން އެ ތަކެތީގެ އަގު 2-5 ގުނަ ބޮޑު ކޮށްލައެވެ.

ދާދި ފަހުން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގުވެސް ވަރަށް ބޮޑަށް މައްްޗަށް ގޮސްފައި ވެއެވެ. އެހެން ނަމަވެސް ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅު އެޅިއެވެ.

މިގޮތުން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ލިބުން ދަތިވެފައިވާ މައްސަލައަަށް ހައްލެއް ހޯދައިދިނުމަށް އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ވަނީ ފަށައިފައެވެ.

އައްޑޫގައި ބިސް އެންމެ ހެޔޮ އަގުގައި ލިބޭނެ ފިހާރަތަކުގެ ތެރޭގައި "ލިބޭ" ފިހާރަ ހިމެނެއެވެ. އެ ފިހާރައިން ބިސް ކޭހެއްގެ އަގު އުޅެނީ 350ރ ގައެވެ.

މީގެ އިތުރުން މާލޭގައި ކެބެޖްގެ 25 ކިލޯގެ ބަސްތާއެއް 450ރ އަށް ލިބެން ހުންނައިރު، އައްޑޫއިން 300ރ އަށް ލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.

ލިބޭ އަކީ އައްޑޫގައި ވަރަށް ހެޔޮ އަގެއްގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައްވެސް ލިބެން ހުންނަ ފިހާރައެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަދަދު

    އައްޑޫބިސްތަ

  2. ޓޮއްޓޮ

    މާލޭގައި އަގުބޮޑުވުމަކީ އެމްޑިޕީ އިފެކްޓް

    4
    1
  3. އަލީ

    އަދިވެސް އިންޑިއާ އައުޓްކިޔަމުންދުވާ

    3
    5
  4. ގަންބަނެ ބުދާ

    ތިވާނީ އައްޑޫ ކައުންސިލުން މިހާރު ބިސްއަޅަނީކަމަށް.

    5
    2
  5. ދޮންބެ

    ރައްޔިތުން ބޭނުންވާ ގޮތް!!!