ކަލާފާނު ސްކޫލްގެ ޕީޓީއޭ ނައިޓްމާކެޓްގައި ސްޓޭޝަނަރީސް އާއި އޮފީސް ސަޕްލައިއަށް ހާއްސަ ޕްރޮކިއޯ ޕްލަސް އިން ބައިވެރިވެއްޖެއެވެ.

ޕްރޮކިއޯ ޕްލަސްއަކީ އާޓްގެ ދުނިޔޭގައި މަޝްހޫރު ބްރޭންޑްތަކާއި، ސްޓޭޝަނަރީސް އާއި އޮފީސް ސަޕްލައިގެ އިތުރުން، ޕްރޮފެޝަނަލް އާޓް ރޭންޖުގެ ހުރިހާ ސާމާނެއް ލިބެން ހުންނަ ފިހާރައެކެވެ.

ޕްރޮކިއޯ ޕްލަސް އިން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓްތައް

އެ ކުންފުނިން މައުލޫމާތުދިންގޮތުގައި މާދަމާއިން ފެށިގެން 29 ޑިސެމްބަރުގެ ނިޔަލަށް ކަލާފާނު ސްކޫލްގައި ކުރިއަށްގެންދާ ޕީޓީއޭ ނައިޓްގައި އެ ކުންފުނީގެ ސްޓޯލެއް ހުންނާނެއެވެ. އަދި އެތަނުން ޕްރޮކިއޯ ޕްލަސްއިން ވިއްކާ ވަރަށް ގިނަ ތަކެތި ލިބެން ހުންނާނެއެވެ. އޭގެ ތެރޭގަައި ސްޓޭޝަނަރީސްގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ.

އެ ތަކެތި ވަރަށް ހެޔޮ އަގެއްގައި ލިބިގެން ދާނެކަންވެސް ފާހަގަކޮށްލެވެއެވެ.

މިގޮތުން ސްޓޭޝަނަރީސް އާައި ޑީއައިވީ ކްރާފްޓްސް އާއި އާޓް ސްޕަލައިސް އިން ވަރަށް ރަނގަޅު ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

ކަލާފާނު ސްކޫލްގެ މި ނައިޓް މާކެޓް މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްގެންދާނެއެވެ.

ޕްރޮކިއޯ ޕްލަސް އިން ސްޓޭޝަނަރީ އާއި އޮފީސް ސަޕްލައި އާއި ނޯޓްބުކްސް، އާޓް އެންޑް ކްރާފްޓްގެ އުފެއްދުންތައް އެތެރެކޮށް ވިއްކަމުންދާއިރު، އެ ފިހާރައިން ރިސޯޓްތަކަށްވެސް ސަޕްލައި ކުރާކަން ފާހަަގަކޮށްލެވެެއެވެ.