ދެކުނު ސޫދާނުގައި،މަތިންދާ ބޯޓެއް ވެއްޓި 21 މީހުން މަރުވެއްޖެއެވެ.

ސޫދާނުގެ އެއާލައިނެއް ކަމަށްވާ ބޭބީ އެއާގެ މިމަތިންދާބޯޓް ވެއްޓިފައި ވަނީ ކެޕޭސިޓީއަށްވުރެން އިތުރަށް ޕެސިންޖަރުން އެރުވުމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ސޫދާންގެ ވެރިރަށް ޖޫބާއިން ފުރިތަނާއި ހެންނެވެ. މި ބޯޓު ވެއްޓިފައިވަނީ ދެކުނު ސޫދާނުގެ މެދުތެރޭގައި އޮންނަ ޔުރޮލްގެ ކޯރެއްގެ ތެރެއަށެވެ. މި ހާދިސާގައި 21 މީހުން މަރުވެފައި ވާއިރު، މިހާދިސާއިން ތިން މީހަކު ވަނީ މަރުނުވެ ސަލާމަތް ވެފައެވެ.

މި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރުގެ ކުޑަ ކުއްޖަކާއި، ފިރިހެނަކާއި އަދި އިޓަލީގެ ޑޮކްޓަރެކެވެ. ޑޮކްޓަރުގެ ހާލު ވަރަށް ސީރިއަސްކަމަށް ވެއެވެ.

ސޫދާންގެ ސިވިލް ޑިފެންސްގެ ތަރުޖަމާން ވިދާޅުވީ ބޯޓު ވެއްޓުމާއި އެކު ރޯވި އަލިފާން ގަނޑު ނިންވާލާފައިވާ ކަމަށެވެ. އަލިފާނުގެ ސަބަބުން އެއްވެސް މީހަކަަށް ގެއްލުމެއް ނުލިބެއެވެ.

ސޫދާނުގައި މިފަހުގެ ތާރީޚްތަކުގައި މަތިންދާ ބޯޓްގެ ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ. މިދިޔަ އަހަރު މޫސުން ގޯސްވުމުގެ ސަބަބުން އެއަރޕޯޓެއްގައި ޖެއްސި ބޯޓެއް ކޮންޓްރޯލްނުވެ އަލިފާންނިއްވާ ޓްރަކެއްގައިޖެހި މަތިންދާ ބޯޓްގައި އަލިފާން ރޯވެ ހަތަރު ފަސިންޖަރުން ޒަހަމްވެފައި ވެއެވެ.

އަދި މީގެ އިތުރުން 2015 ވަނަ އަހަރު ވެރިރަށް ޖޫބާއިން ފުރި ކާގޯ މަތިންދާ ވެއްޓި އެތައްބަޔަކު މަރުވެފައި ވެއެވެ.ދެކުނު ސޫދާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ މަތިންދާ ބޯޓު ވެއްޓެއް ދިމާވި ސަބަބު ދެނެގަތުމަށް މިހާދިސާ ތަހްގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    ސޫދާނުގެ ވެރިރަށަކީ ޚަރުތޫމް. ނޭނގެންޏާ ދަސްކޮށްބަލަ

  2. އ

    ނިޔާވި މީހުނަށް މާތްﷲ ހެޔޮރަހުމަތްލައްވަވާށި އާމީން