23:26

ނިރުބަވެރި އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ ހިބްރޫންގައި ވަރުގަދަ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި. މި ރެއިޑްތައް ނިރުބަވެރި ކުރިއަށް ގެންގޮސްފައިވާއިރު، މީޑިއާތަކުން މިހާރު އަންނަނީ ނިރުބަވެރި ހިބްރޫންގައި ހަރަކާތްތެރިވަމުން އަންނަ ވީޑިއޯތަކެއް ވެސް އާންމު ކުރަމުން.

23:14

އިސްރާއީލުން ލުބުނާނުގެ ފާރް ކިލާއަށް ދިން ހަމަލާ

23:12

ފަހުގެ މައުލޫމާތު:

  • ނިރުބަވެރި އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސްގައި ހުންނަ އަލް-އަމަލް ހޮސްޕިޓަލަށް އެކިވަރުގެ ގެއްލުންވެއްޖެ.
  • ހަނގުރާމައަށްފަހު، ޣައްޒާއަށް އޮތް ޕްލޭން އިސްރާއީލުގެ ބޮޑު ވަޒީރު އާންމު ކުރުން ފަލަސްތީނުގެ އިދާރާތަކުން އެކަން ބަލައި ނުގަނެ ދެކޮޅު ހަދައިފި.

 

22:29

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ދެކޮޅަށް ޔަމަނުގެ މިލިއަނެއްހާ މީހުން މަގުތަކަށް ނުކުމެއްޖެ.

21:39

ފަލަސްތީން ރެޑް ކްރެސެންޓް އަލް-އަމަލް ހޮސްޕިޓަލް ކައިރިއަށް ނިރުބަވެރި އިސްރާއީލުން ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފި.

21:13

ލުބުނާނުގައި އިސްރާއީލުން ހިފާފައިވާ ދެ ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށް ހިޒްބުﷲ އިން ބުނެފި.

21:12

ރަތްކަނޑު ސަރަހައްދުގައި ހޫތީންގެ ތިން ޑްރޯން ހުއްޓުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި.

19:54

ފަލަސްތީނުގެ ރައްޔިތުން އަޤްސާ މިސްކިތަށް ވަނުމަށް އިސްރާއީލް އަސްކަރިއްޔާއިން ދެކޮޅު ހަދައިފި.

 

19:53

އދ. އިން ހިޒްބުﷲ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިސްރާއީލުގެ ފޮރިން މިނިސްޓަރ، ކެޓްޒް ގޮވާލައިފި. ކެޓްޒް ބުނި ގޮތުގައި އދ. އިން ހިޒްބުﷲ އާއި ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ، އިސްރާއީލުން ހިޒްބުﷲ އާއި ދެކޮޅަށް ނުކުންނާނެ.

18:49

އައިސީޖޭގެ އަޑުއެހުމުގައި ނޯވޭ:

  • އިސްރާއީލުން ފަލަސްތީނުގައި ކުރިއަށް ގެންދާ ޖަރީމާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި މުޅި ހިލާފުކަމެއް.
  • އިސްރާއީލަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ އެއްވެސް ހައްގެއް ނޯންނާނެ.

 

18:41

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ދެކުނުން އޮންނަ ލަބޫނާ ސަރަހައްދަށާއި ކަފްރް ކިލާ އަވަށަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފި.

18:37

ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް-އަޤްސާ މިސްކިތް ކައިރީގައި ތިބި ބަޔަކަށް ނިރުބަވެރި އިސްރާއީލުން ހަމަލާތަކެއް ދީފި

 

18:09

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުން ހައްޔަރު ކުރި އިތުރު މީހަކު ޝަހީދު ކޮށްލައިފި

 

17:47

އައިސީޖޭފެ އަޑުއެހުމުގައި އިންޑޮނޭޝިއާ:

  • އިސްރާއީލުން ބައިނަލްއަގުވާމީ ޤާނޫނުތަކާއި ހިލާފަށް ހިންގަމުން އަންނަ ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭ. ފެންނަ މަންޒަރުތަކުން ވަރަށް ސާފުކޮށް އެނގޭ އިސްރާއީލުން ބައިނަލްއަގުވާމީ ޤާނޫނުތަކަށް ބޯނުލަނބާނެކަން.
  • އެއްވެސް ދައުލަތަކަށް އެހެން ދައުލަތަކާއި މެދު އެމީހަކު ބޭނުން ގޮތަކަށް ކަންކުރުމުގެ މިނިވަންކަމެއް ދީގެން ނުވާނެ.

 

 

17:39

އައިސީޖޭ އަޑުއެހުމުގައި ޕާކިސްތާން:

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމަކީ އިއާދަ ނުކުރެވޭ ވަރުގެ ކަމަކަށް ހެދުމަށް މަސައްކަތް ކުރި ނަމަވެސް ތާރީޚުން އެނގެނީ ރިވާސިބިލިޓީ ކުރެވޭނެ ކަމަށް.

  • އިސްރާއީލުން މަސައްކަތް ކުރަމުން އަންނަނީ އެމީހުންގެ ބާރު ކަނޑުވާލުމަކީ ނާދިރު ކަމެއްކަމުގައި ދެއްކުން.
  • އެކަމަކު މިހާރު ފެންނަ މަންޒަރު މުޅިން ތަފާތު. މީގެ ކުރިން ވެސް އެކަހަލަ ގޮތަކަށް ކަންކަން ހިނގި. އެއީ 1962 ވަނަ އަހަރު ފްރާންސްއިން އަލްޖީރިއާގެ މިލިއަނެއްހާ މީހުން ބޭރު ކުރުން ކަހަލަ މިސާލެއް.
  • ފްރާންސްގެ މީހުންނަކީ އިސްރާއީލުގެ މީހުންނަށްވުރެ ގިނަ މީހުންނެއް ނޫން.
  • ދެދައުލަތުގެ ހައްލަކީ ސުލްހައިގެ އަސާސަކަށް ވާން ޖެހޭނެ.

 

17:27

އައިސީޖީ އަޑުއެހުމުގައި އޮމާން:

ފަލަސްތީނުގެ ރައްޔިތުން އުޅެމުން އަންނަނީ ބިރުވެރި، އިންސާނިއްޔަތުކަން ކުޑަ ދިރިއުޅުމެއްގައި. ބައިނަލްއަގުވާމީ ކޮމިއުނިޓީން ވެސް ވަނީ ފަލަސްތީނަށް އެހީވާން ނުކުޅެދި، ފެއިލް ވެފަ.

  • ޒަމާނުއްސުރެ އިސްރާއީލުން ވަޒަންވެރިން ބަދަލު ކުރުމަކީ ދާއިމީކޮށް އެކަމެއް ކުރަން ރާވައިގެން އުޅުމުގެ ހެއްކެއް.
  • ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލު ކުރުމަކީ ހަތަރު ވަނަ ޖެނީވާ މުއާއަދާގެ 49 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް.

 

17:20

އިސްރާއީލުން ލުބުނާނުގެ ދެކުނުން އޮންނަ ބިންތް ބެއިލްއަށް ދިން ވައިގެ ހަމަލާއެއްގައި ޕެރެމެޑިކް ދެ މީހުން މަރާލައިފި.

17:18

ފާއިތުވި 64 އަހަރު ތެރޭ އެމެރިކާއިން އިސްރާއީލަށް 120 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

17:13

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ނޫސްވެރިއަކާއި އޭނާގެ އާއިލާ ޝަހީދު ކޮށްލައިފި.

 

16:31

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ފާއިތުވި 24 ގަޑިއިރު 104 މީހަކު ޝަހީދު ކޮށްލައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި

 

16:24

ފަހުގެ މައުލޫމާތު:

  • އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެވި، ހަމަލާތައް ދެމުން އަންނާތީ އައިސީޖޭގައި މިހާރު ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި މިއަދު ނަމީބިއާ، ނޯވޭ، ޕާކިސްތާން އަދި އޮމާނުން ވާހަކަ ދައްކާނެ.
  • މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 29،514 މީހަކު ޝަހީދުވެއްޖެ.
  • ހަނގުރާމައަށްފަހު، ޣައްޒާއާއި މެދު އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ސިޔާސަތުތަކާއި ފަލަސްތީނުގެ ރައީސް ދެކޮޅު ހައްދަވައިފި.
  • މިއަދު އިސްރާއީލުގެ ރިޔާސީ އިންތިހާބު ބާއްވައިފިނަމަ، ނަތަންޔާހޫގެ ސަރުކާރު ވެއްޓޭނެ ކަމަށް އިސްރާއީލުގައި ނެގި ޕޯލަކުން ދައްކައިފި.
  • ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހަނގުރާމަވެރިން ފަލަސްތީނުގެ 10 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފި.

 

15:05

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހްގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފޮޓޯ ޖާނަލިސްޓް މުހައްމަދު ޔާގީ އާއި އޭނާގެ އަންހެން ދަރިފުޅާއި އަދި އަނބިކަނބަލުން ޝަހީދުވެއްޖެ.

14:53

ގުދުސް ސިޓީގެ ވަށައިގެން ފުލުހުން ތިބުން ވަރުގަދަކޮށް، ޒުވާނުން އަލްއަޤްޞާއަށް ވަނުން މަނާކުރަމުންދާ ކަމަށް ބުނެފި.

14:18

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ކޭމްޕްގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޔޫއެންއާރްޑަބްލިއުއޭ ސްކޫލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ އެކަކު ޒަހަމްވެއްޖެ.

13:52

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލް ޒައިތޫން އަވަށުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ އދ.ގެ ސްކޫލަކަށް އިސްރާއީލުގެ ސިފައިން ބޮން އަޅައިފި

13:23

ރަމަﷲގެ އުތުރުގައި އޮންނަ ސިންޖިލް އަވަށުގެ ފަލަސްތީނުގެ 10 އަހަރުގެ ދެ ކުއްޖަކު އިސްރާއީލުގެ ސިފައިންގެ ބެލުމުގެ ދަށަށް ހަ ގަޑިިއިރު ވަންދެން ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:21

މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާ ސިޓީގެ ޒީތޫން އަވަށުގައި ހިންގަމުންދާ ބޮޑެތި އޮޕަރޭޝަންތަކުގައި 10 އަށްވުރެ ގިނަ ހަނގުރާވެރިއަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

13:20

ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ އިސްރާއީލަށް ތާއީދުކުރާ ބާރުގަދަ ލޮބީ ގްރޫޕެއް ކަމަށްވާ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އޭއައިޕީއޭސީ) ގެ ނިއުޔޯކް ސިޓީގައި ހުންނަ އޮފީސް ކައިރީގައި އެއްވުމެއް ބާއްވައިފި.

13:18

ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އިސްކޮށް ހުންނަވައިގެން ހަމާސްގެ ވަފުދެއް މިސްރުން ފުރައިގެން ގޮސްފައިވަނީ ވެރިރަށް ގާހިރާގައި ތިން ދުވަހުގެ މަޝްވަރާތަކަށް ފަހުގައި ކަމަށް ބުނެފި.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ވަފުދުން އިސްރާއީލުގެ އޮފިޝަލުންނާއި މިސްރުގެ އިންޓެލިޖެންސް ސާވިސްގެ ވެރިޔާ އައްބާސް ކަމެލްއާ ބައްދަލުކޮށް، އިސްރާއީލުގެ ގައިދީންނާއި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް.

11:13

އިސްރާއީލުގެ އަސްކަރިއްޔާއިން ޖެނިންއަށް ދިން ޑްރޯން ހަމަލާއެއްގައި، އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިއެއް ޝަހީދުވެފައިވާ ކަމަށް ބުނެފި

ހުޅަނގު އައްސޭރީގައި ހުންނަ ޖެނިން ރެފިއުޖީ ކޭމްޕްގެ ވެހިކަލެއްގައި ރޭ ހިނގި މި ޑްރޯން ހަމަލާގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ޝަހީދުވެފައި.

11:10

ފަލަސްތީނަށް ތާއީދުކުރާ ބަޔަކު އިއްޔެ ދުވަހު ރައީސް ބައިޑަންގެ ކެލިފޯނިއާ ހޮޓަލުގެ ތެރޭގައި ހިނގާލާުމެއް ބާއްވާ ވަށާލާފައިވާ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފި

11:09

އިސްރާއީލުގެ އަސްކަރިއްޔާއިން ބެތުލެހެމުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

10:14

އިސްރާއީލު، އެމެރިކާ އަދި އިނގިރޭސިވިލާތާއި ގުޅުން ހުރި އުޅަނދުތައް ރަތް ކަނޑާއި އަދި ވަށައިގެންވާ ސަރަހައްދުތަކުގައި ދަތުރު ކުރުން “މަނާކޮށްފައިވާ” ކަމަށް ޔަމަނުގެ ހޫތީން އިއުލާނު ކޮށްފި

09:49

މިސްރުގެ އޮފިޝަލުންނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ލޯނު ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށާއި، އެންމެ ކުޑަމިނުން ޣައްޒާގެ ހާލަތުން ކުރިމަތިވާ ޕްރެޝަރުތަކުން ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި.

އައިއެމްއެފް އާއި މިސްރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ ގާހިރާއިން މިހާރު ނަގާފައިވާ 3 ބިލިއަން ޑޮލަރުގެ ލޯނު ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން.

09:47

ފަލަސްތީނުގެ ބިންތަކާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ މުސްތަގުބަލަށް ޕްލޭނެއް ހުށަހަޅާފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފި.

މި ޕްލޭންގައި ފަލަސްތީނުގެ އެންކްލޭވް ހިންގުމަށް "ނިރުބަވެރިކަމަށް" ތާއީދުކުރާ ގައުމުތަކާ ނުވަތަ ޖަމާއަތްތަކާ އެއްވެސް ގުޅުމެއް ނެތް "ލޯކަލް އޮފިޝަލުން" ބެހެއްޓުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައިވޭ.

އެ ނޫހުގައި ބުނެފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން "މުޅި ޣައްޒާގައި ހަރަކާތްތެރިވުމުގެ މުއްދަތެއް ނެތް މިނިވަންކަމެއް ދަމަހައްޓާނެ" ކަމަށް

09:45

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އަމަލުކުރި ގޮތް ސަބަބުތަކަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އަޔަލޭންޑްގެ މަންދޫބުން ބައިނަލްއަގުވާމީ ކޯޓުގައި ވަކާލާތުކޮށްފި.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އެތައް އަހަރެއް ވަންދެން ވެރިވެގަތުމުގެ ސަބަބުން ގާނޫނީ ގޮތުން ކުރާނެ ގެއްލުންތައް ބެލުމަށް ބޭއްވި އަޑުއެހުމުގައި އަޔަލޭންޑުން ހުށަހެޅި ބަހުސްގައި ބުނެފައިވަނީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި އެކަމުގެ ސަބަބުން ސުލްހައިގެ މަރުހަލާއަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު މާޔޫސްވާ ކަމަށް

09:42

ޣައްޒާގެ ދެކުނުގެ ޚާން ޔުނިސް ސަރަހައްދުގައި އިޒްރޭލު ސިފައިން ވަށާލައި ބަލައި ފާސްކޮށްފައިވާ ނާސިރު ހޮސްޕިޓަލުން ސީރިއަސް ބަލި މީހުންނާއި އާއިލާތައް ނެރުމަށް ރެސްކިއު މިޝަންގައި ހުރި ދަތިތައް އދގެ މުވައްޒަފަކު ކިޔައިދީފި.

އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ ޑރ.ސާރާ އަލް ސައްގާ ވިދާޅުވީ ހޮސްޕިޓަލުގެ ތެރޭގައި ފެނާއި ކަރަންޓު ނެތުމާއި، މެޑިކަލް ސަޕްލައި މަދުވުމާއި ވަށާލާފައިވާ މެޑިކަލް ފެސިލިޓީގައި ތާށިވެފައި ތިބި މީހުންނަށް ކާބޯތަކެތި ނުލިބޭ ކަމަށް.

08:37

މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަޤްޞާ އަށް ވަނުމަށް މާތް ވެގެންވާ ރަމަޟާން މަހު އަރަބިންނަށް އިސްރާއީލުން ހުރަސް އަޅާނަމަ ސަރަހައްދީ ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް އުރުދުންގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ.

08:12

ރަފަހްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަ މީހަކު ޝަހީދުވެއްޖެ

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަ މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ ނޫސް އެޖެންސީ ވަފާ އިން ވަނީ ބުނެފައި.

ރަފާހުގެ އިރުމަތީގައި އޮންނަ ޒަލަޓާ ސަރަހައްދުގައި މި ހަމަލާ ދިން އިރު ޒަހަމްވި މީހުން މިހާރު ވަނީ އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލަށް ބަދަލުކޮށްފައި.

މީގެ އިތުރުން އިޒްރޭލު ސިފައިން ރަފާގެ މެދުތެރޭގެ ޔަބްނާ ކޭމްޕުގެ ގެއަކަށް ބޮން އެޅި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވަފާ އިން ބުނޭ.

08:09

ފަލަސްތީނުގެ ބޮޑު އަޣުލަބިއްޔަތަކީ ހަމާސް ޖަމާއަތް ނޫން ކަމަށް ކަނޑައަޅައި "ބަހެއް ނުބުނާނެ" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ.

"ހަމާސް އަކީ ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ ޖަމާއަތެއް ނޫން. ހަގީގަތުގައި ހަމާސްގެ ސަބަބުން އެމީހުންނަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުން. އެ ހަގީގަތާ މެދު ސާފު ކޮށް ވިސްނަން ޖެހޭ،". އެކްސްގައި އޭނާ ވިދާޅުވި.

08:08

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބައިޑަންގެ މެދުއިރުމަތީގެ އެންމެ އިސް އެޑްވައިޒަރު ބްރެޓް މެކްގާކްއާ ބައްދަލުކޮށްފި.

އޭގެ ފަހުން ގަލަންޓް ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން މިހާރު ގައިދީންނާ ބެހޭ ގޮތުން މަޝްވަރާކުރާ ފަރާތްތަކާއި އެމީހުންނަށް ހުއްދަ ދީފައިވާ ކަންކަން ފުޅާކުރާނެ ކަމަށް.

08:07

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްްޒާގެ މެދު ތެރޭގައި ގަތުލު އާންމެއް ހިންގައިފި

08:06

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯންގެ ދެކުނުގައި އޮންނަ ޚަލެޓް އަލް ފަރާ ކޮމިއުނިޓީގެ ދެ ގެއަކާއި ފެންވަޅަކާއި ކަރަންޓު ނެޓްވޯކެއް ތަޅާލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

އިސްރާއީލުގެ ވަޒަންވެރިން ވަނީ ނަބްލޫސްގެ ހުޅަނގު އުތުރުގައި އޮންނަ ނަކުއުރާ އަވަށުގެ ފިހާރައަކާއި ކަރަންޓު ނެޓްވޯކަކަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައި ކަމަށް ވަފާ އިން ބުނޭ.

08:04

ޖެނިންގައި ކާރަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަކުއްޖަކު ޝަހީދުވެއްޖެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕްގެ ވެހިކަލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުމުރުން 17 އަހަރުގެ ކުއްޖަކު ޝަހީދުވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ވަނީ ބުނެފައި.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ރޭ ކާރަށް ބޮން ގޮއްވާލައި އިތުރު މީހަކު ޝަހީދުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށްް.

ބޮމުގެ ހަމަލާ ދީފައިވަނީ އިއްޔެ ޖެނިންގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން.

08:03

ލުބްނާންގެ ހިޒްބުﷲ އިން ބުރާސްފަތި ދުވަހު އިސްރާއީލާ ދެކޮޅަށް 12 ހަމަލާއެއް ދިން ކަމަށް އެ ޖަމާއަތުން ބުނެފި

އެ ދުވަހުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ތަފްސީލް ދެމުން ލުބްނާން ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުން އިސްރާއީލުގެ ބައެއް މަރުކަޒުތަކަށް ހަމަލާދީ، ލުބުނާން-އިސްރާއީލު ބޯޑަރުގެ އިރުމަތީ ފަރާތުގައި ވާ މެޓޫލާ އާއި މަނާރާ އަވަށަށް ސިފައިން އެއްވި ދެ އިމާރާތަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް.

ހިޒްބުﷲ އިން ބުނީ ބުރާސްފަތި ދުވަހު ވެސް އެ ޖަމާއަތުގެ ދެ ހަނގުރާމަވެރިއަކު ޝަހީދުވެފައި ވަނީ އިސްރާއީލާ އެކު ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތައް ބަދަލު ކުރަމުން ދަނިކޮށް ކަމަށް.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 30،000 އާ ގާތް ކުރާ އަދަދަކަށް މީހުން މިހާރު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން 29،410 މީހުން ވަނީ ޝަހީދުވެފައެެވެ. އަދި 69،465 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ދައްކައވެެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1139 އަށް އަރާފައެވެ.

ޣައްޒާގެ އެކި ހިސާބުތަކުގެ ހާލަތު ބަޔާންކޮށް ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާން ޔުނިސްގައި ވަށާލާފައިވާ ނާސިރު ހޮސްޕިޓަލުގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ހޮސްޕިޓަލުން ކުޑަވަގުތުކޮޅަކަށް ފޭބުމަށްފަހު އިސްރާއިލު ސިފައިން އަނެއްކާވެސް އެ ހޮސްޕިޓަލަށް ވަނީ ވަދެފައެވެ.

އޭގެ އިތުރުން ހުޅަނގުގެ އެހީދޭ ފަރާތްތަކުން ފައިސާ ފްރީޒްކުރުމާ އެކު، ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެންއާރުޑަބްލިއުއޭ އިން ބުނަނީ ޣައްޒާގައި އިންސާނީ ބޭނުންތައް ހީނުކުރާ ފަދަ ދަނޑިވަޅެއްގައި އެ ގައުމު "ބްރޭކިން ޕޮއިންޓަށް" ގޮސްފައިވާ ކަމަށެވެ.