އިސްރާއީލު، އެމެރިކާ އަދި އިނގިރޭސިވިލާތާއި ގުޅުން ހުރި އުޅަނދުތައް ރަތް ކަނޑާއި އަދި ވަށައިގެންވާ ސަރަހައްދުތަކުގައި ދަތުރު ކުރުން “މަނާކޮށްފައިވާ” ކަމަށް ޔަމަނުގެ ހޫތީން އިއުލާނު ކޮށްފިއެވެ.

އެކަމާއި ގުޅިގެން އެ ސަރަހައްދުގައި އޮޕަރޭޓް ކުރާ ޝިޕިންގް ކުންފުނި ތަކަށާއި އިންޝުއަރެންސް ކުރާ ފަރާތްތަކަށް ހޫތީންގެ ހިއުމަނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރުން ރަސްމީ ނޯޓިސްތައް ފޮނުވާފައިވާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓު ކޮށްފައެވެ.

އެގޮތުން ރަތްކަނޑާއި، ގަލްފް އޮފް އެޑެން އަދި އަރަބި ކަނޑުގައި ދަތުރު ކުރުން މަނާކޮށްފައިވާ ކަމަށް އެ ނޯޓިސްތަކުގައި ބުނެފައިވާ ކަމަށްވެސް ރޮއިޓާސް އިން ވަނީ ބުނެފައެވެ.

އެ ސަރަހައްދުތަކުގައި ދަތުރު ކުރުން މަނާ ކޮށްފައިވަނީ ފުރިހަމައަށް ނުވަތަ އެއްވެސް ވަރަކަށް އިސްރާއީލު، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ފަރުދަކަށް ނުވަތަ ފަރާތަކަށް ނިސްބަތްވާ ބޯޓުތަކާއި، އެ ގައުމުތަކުގެ ދިދައިގެ ދަށުން ދަތުރު ކުރާ ބޯޓުތަކެވެ.

ހޫތީންގެ ހަމަލާތަކަށް “ސަބްމެރިން ހަތިޔާރުތައް” ވެސް ތައާރަފް ކޮށްފައިވާނެ ކަމަށް އިއްޔެ ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ވަނީ ބުނެފައެވެ.

ހޫތީން މިފަދަ އިންޒާރެއް ދީފައި މިވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ޔޫރަޕާއި އޭޝިއާ ގުޅުވާލަދޭ އެންމެ ކުރު މަގުގައި ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުންނާއި، އޭގެ ރައްދުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ބައިނަލް އަގުވާމީ ވިޔަފާރިއަށް ބުރޫ އަރާފައިވާ ދަނޑިވަޅެއްގައެވެ. އެތައް ޝިޕިންގް ކުންފުންޏަކުން ވަނީ އެ މަގުން ދަތުރު ކުރުން ހުއްޓާލައި އެފްރިކާ ވަށާލައިގެން ދަތުރު ކުރަން ފަށާފައެވެ. އޭގެ ސަބަބުން ދަތުރުތަކަށް 3000-3،500 ނޯޓިކަލް މޭލު އިތުރުވެ ދަތުރުފަތުރަށް ވަނީ ބޮޑު ލަސްކަމެއް އައިސްފައެވެ.

ހޫތީން ބުނަމުންދަނީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލަނީސް ހޫތީން ދެމުންދާ ހަމަލާތައްވެސް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަނެ

    ސާބަސް ހޫތީންނަށް

    35
  2. ހަސަނެ

    ދައްޖާލު އަރަބި ވެރިންތައް ކޮބާ. ޓްރަކު ތަކުގަ އަރަބި ގައުމުތައް ތެރެއިން ލާފަ އިސްރޭލަށް މުދާ ފޯރުކޮށްދޭ. އެފަދަ ޓްރަކުތައް ހޯދައި ހަމަލާދޭންޖެހޭ

    32
  3. Anonymous

    ތިގޮތުގާ ދެމިހުރޭ. ސާބަސް ނުދޭ ވަރެއް ނޫންތާ. ޢަރަބި ލީޑަރުންނަށް ވުރެވެސް މި ޚޫތީންގެ ބާރު މާ ގަދަ. މާޝާﷲ.

  4. ޖުހާ.

    ސާބަހޭ ހޫސީންނޭ. މަހުދީ އިމާމު ފާޅުކުރައްވާއިރު ވެސް ޢަރަބި ސުންނީ ލިބާސްތައް ތިބޭނީ ދުނިޔޭގެ މަޖަލާއި އުފަލުގަ.

    15
  5. ްާޤާމީ

    ހޫތީންނަށް ﷲ މަދަދު ދެއްވާ ކާފަރު ބައިގަޑު އަބަދު ބިރުގަންނުވާފަ ބައިތިއްބާށި!

    24
  6. ދަވާލާ

    ސާބަހޭ ދަރިންނޭ ފުކެއްވެސް ދޫނުދޭތި ، ދަގަނޑު ކެނޑޭނީ ދަގަނޑުން ، އިޒުރޭލުގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކުރެވުނު ކަމެއްކޮންގެން

    30